މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީ، ބުރަކަށީގެ ކުޑަ ސާޖަރީއަކާއެކު ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
ސިޓީއާ މި ސީޒަނަށް ހަވާލުވި އެންޒޯ މަރެސްކާ ބުނީ މިދިޔަ ހުކުރު ދުވަހު ރޮޑްރީގެ ބުރަކަށީގެ ސާޖަރީއެއް ފުރިހަމަ ކޮށްފައިވާ ކަމަށާއި ރިކަވަރީއަށް މާ ގިނަ ދުވަސްތަކެއް ބޭނުން ނުވާނެ ކަމަށެވެ. މަރެސްކާ ބުނީ ރޮޑްރީ ބޭނުންވަނީ ކުޑަ ރެސްޓެއް ކަމަށާއި، އަވަހަށް ރިކަވާވެ، ސީޒަން ފެށުމުގެ ކުރިން ސްކޮޑާ ގުޅޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ވޯލްޑް ކަޕްގައި ސްޕެއިންގެ ކެޕްޓަން ބޭންޑް އަޅައިގެން، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ރޮޑްރީ އެނބުރި އަންނާނެ ސީދާ ތާރީހެއް މަރެސްކާ ހާމަކޮށްފައެއް ނުވެއެވެ.
ސިޓީއަށް ސީޒަން ފަށާ މެޗަކީ ކޮމިއުނިޓީ ޝީލްޑް މެޗެވެ. އާސެނަލާ ދެކޮޅަށް އޮގަސްޓް 16 ވަނަ ދުވަހު އޮންނަ މެޗަށްފަހު ސިޓީން ދެން އޮންނާނީ އޮގަސްޓް 23 ވަނަ ދުވަހު ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗެވެ.
ސިޓީން ބުނީ ރޮޑްރީ ސާޖަރީއަކަށް ދާން ނިންމީ ބުރަކަށީގެ މައްސަލައެއް އުޅޭތާ ދުވަސްތަކެއްވެފައިވުމާއެކު ސީޒަން ފެށުމުގެ ކުރިން އެއްކޮށް ރިކަވާވުމަށް ކަމަށެވެ. އަދި އެއީ މާ ސީރިއަސް ސާޖަރީއެއް ނޫން ކަމަށް ސިޓީން ބުންޏެވެ.
ރޮޑްރީ 2024 ވަނަ އަހަރު ބެލޮންޑިއޯ ހޯދީ ސިޓީއާއެކު ތިން ތަށި ހޯދައި، ސްޕެއިނާއެކު އެ އަހަރު ޔޫރޯވެސް ހޯދައިގެންނެވެ. އޭގެފަހުން މިދިޔަ ދެ ސީޒަނެއްގައިވެސް ރޮޑްރީއަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ.
ސިޓީއާއެކު ރޮޑްރީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަހަރެެއް އޮތް އިރު، އޭނާ ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ކަމަށް ނޫސްތައް ވަނީ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް އަދި އެކަމަށް ރޮޑްރީ މަސައްކަތް ކުރާތަނެއް ނުފެނެއެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
ކޮމެންޓް