ޑައިރެކްޓަރު ސަންދީޕް ސިންގް އުފައްދާ ތާރީހީ ފިލްމު "ދަ ޕްރައިޑް އޮފް ބާރަތު: ޗަތުރަޕަތީ ޝިވާޖީ މަހާރާޖް" ގެ ކާސްޓާ ބޫމީ ޕެޑްނޭކަރް ރަސްމީކޮށް ގުޅިއްޖެއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިލްމުގައި ބޫމީ ކުޅޭނީ 17 ވަނަ ގަރުނުގައި އުޅުނު ހިތްވަރުގަދަ ހަނގުރާމަވެރި ރާނީއެއް ކަމަށްވާ ބެލަވާޑީ މައްލައްމާގެ ރޯލެވެ. މި ފިލްމުގެ ލީޑު ރޯލު ކަމަށްވާ މަރާޓާ ރަސްގެފާނު ޗަތުރަޕަތީ ޝިވާޖީ މަހާރާޖްގެ ރޯލު ކުޅެނީ މަޝްހޫރު އެކްޓަރު ރިޝަބް ޝެޓީއެވެ.
މި ފިލްމާ ގުޅުމާ ގުޅޭގޮތުން ބޫމީ ބުނި ގޮތުގައި، މަރާޓާގެ މަތިވެރި ރަސްގެފާނުގެ ހަޔާތުގެ މައްޗަށް އުފައްދާ މިފަދަ ބޮޑު ފިލްމެއްގައި ބައިވެރިވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. އަދި ކަރްނާޓަކާގެ ހިތްވަރުގަދަ ރާނީ ބެލަވާޑީ މައްލައްމާގެ ރޯލު ކުޅުމަކީ ލިބޭ ފަހުރެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ތާރީހީ ލިޔުންތަކާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، ބެލަވާޑީ މައްލައްމާއަކީ ޝިވާޖީ މަހާރާޖްގެ ލަޝްކަރާ ދެކޮޅަށް ހަނގުރާމަކުރި އަންހެން ލީޑަރެކެވެ. އަދި އޭނާގެ ހިތްވަރުގަދަކަން ފެނި، ޝިވާޖީ މަހާރާޖް ވަނީ ހަނގުރާމައަށްފަހު އޭނާގެ ރަސްކަން އަނބުރާ ދީފައި ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ދެ ބަޔަކަށް ބަހާލައިގެން ގެނެސްދޭ މި ފިލްމުގެ ކާސްޓުގައި އަރްޖުން ރާމްޕާލް، ވިވެކް އޮބެރޯއީ އަދި ޝެފާލީ ޝާހް ވެސް ހިމެނޭ ކަމަށް ފިލްމު އުފައްދާ ފަރާތުން ބުނެފައިވެއެވެ. މި ފިލްމުގެ ޝޫޓިން މިއަހަރުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާއިރު، ފިލްމުގެ ފުރަތަމަ ބައި ސިނަމާތަކަށް އަންނާނީ 21 ޖެނުއަރީ 2027 ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް