އީރާނާއެކު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އެ ގައުމަށް ދެމުންގެންދާ އަސްކަރީ ހަމަލާތައް އަލުން ފަށާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ދެއްވައިފިއެވެ.
އެމެރިކާގެ ރިޔާސީ މަތިންދާބޯޓު، އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، އެތައް މަހަކަށް ދެމިގެންގޮސްފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކާ ހަމަޔަށް އާދެވޭނެ ކަމުގެ އުންމީދު އެބައޮތެވެ. ނަމަވެސް، ޑިޕްލޮމެޓިކް މަސައްކަތްތަކުން ނަތީޖާއެއް ނުނިކުމެއްޖެ ނަމަ، އަސްކަރީ ފިޔަވަޅުތަކަށް އަނބުރާ ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑުގެ ވަރަށް ބޮޑު ކެތްތެރިކަމެއް އެބަހުރި. ދެން ވާގޮތެއް ބަލާނީ. އަޅުގަނޑަށް ހީވަނީ ކަމެއް ހާސިލުވުމުގެ ފުރުސަތު ވަރަށް ބޮޑުހެން،” ސުލްހައިގެ މަޝްވަރާތަކުގައި ކުރިއެރުމެއް ލިބިދާނެތޯ ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވިއެވެ.
މަޝްވަރާތައް ކާމިޔާބު ނުވެއްޖެ ހާލަތެއްގައި ކަންކުރާނެ ގޮތާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، “އެހެން ނުވެއްޖެ ނަމަ، މީގެ ދެ ދުވަސް ކުރިން ކުރަމުންދިޔަ ކަންތައްތަކަށް އަނބުރާ ދާނަން،” ކަމަށެވެ.
އެމެރިކާއިން އީރާނަށް ވިދިވިދިގެން 13 ރޭ ވާންދެން ހަމަލާދިނުމަށްފަހު، މިހާރު ވަނީ ހަމަލާތައް މެދުކަނޑާލާފައެވެ. އީރާނުގެ ހާރިޖީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، އެމެރިކާއާއެކު ސީދާ އެއްވެސް މަޝްވަރާއެއް ނުކުރެއެވެ. ނަމަވެސް މެދުވެރިން މެދުވެރިކޮށް މެސެޖުތައް ބަދަލުކުރަމުން އަންނަކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް