ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށްފާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓުން މިއަދު ބުނެފައިވާ ގޮތުގައި މިއަދު ހަވީރު 6 ޖެހުމާއަށް ބައެއް ރަށްތަކަށް ގުގުރުމާއެކު ވިއްސާރަކުރާ ކުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފަ އެވެ. މެޓުން އިތުރަށް ބުނީ ރާޅުގެ އުސްމިން ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައި ހުރި ނަމަވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށެވެ. އަދި އެހެންވެ އެކަމަށް ސަމާލުވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ބައެއް ރަށްތަކަށް އުދައަރާފާނެ ކަމަށް ލަފާކޮށްފައިވާއިރު އިއްޔެ މާލެއަށްވަނީ ވަރަށް ބޮޑަށް އުދަ އަރައިފައެވެ.