ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ އުފާ ފާޅުކުރުމުގެ ގޮތުން، މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ޖުމްހޫރީ މައިދާނުގައި ބާއްވައިފިއެވެ.
މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވި މެހުމާނަކީ ސައުދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު އަދި ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު، އަމީރު ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އަލް ސައުދުއެވެ. މަންސޫރު، ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ.
ރައީސްގެ ދެކަނބަލުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެ ހަރަކާތްތަކުގައި، ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ. ހަލީލުއްރަހްމާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިވަން ދުވަހުގެ އެ ރަސްމިއްޔާތު ފަށާފައިވަނީ ރައީސްއަށް އެރުވި ރިޔާސީ ކުރުނީހަކުންނެވެ. އޭގެ ފަހުން، ސިފައިންގެ ހިނގާލުމާއި ގައުމީ ކެޑޭޓް ކޯގެ ޕެރޭޑް މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ. އެ ހަރަކާތުގެ ތެރޭގައި މާލޭގެ ތިން ސްކޫލަކުން 400 އަށްވުރެ ގިނަ ދަރިވަރުން ހުށަހަޅައިދިން ތަފާތު ކުޅިވަރުތަކާއި، ރާއްޖޭގެ ނަން މަޝްހޫރު ނަށާ ގްރޫޕުތަކާއި ބޮޑުބެރުގެ ސަގަފީ ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.
އަދި ސިފައިންގެ ފަރާތުން މިނިވަން ދުވަހަށް ހާއްސަ ހަރަކާތެއްވެސް ވަނީ ދައްކާލާފައެވެ.
މިނިވަން ދުވަހުގެ މި އަހަރުގެ ހަރަކާތްތައް ނިންމާލާފައިވަނީ ހަވާއެރުވުމަކުންނެވެ. ރައީސް، ހަވާއެރުވުން ބައްލަވާލެއްވީ އެ ސަރަހައްދަށް އެއްވެ ތިބި ސްކޫލް ދަރިވަރުންނާ އެކުގައެވެ.
މުހައްމަދު އިޝާން
މިނިވަން ދުވަސް
މިނިވަން ދުވަސް
މިނިވަން ދުވަސް
މިނިވަން ދުވަސް
ކޮމެންޓް