ޑިމޮކްރަސީގެ މިނިވަންކަން މިއަށްވުރެ ބޮޑަށް ދިންް ސަރުކާރެއް ދިވެހިން ދެކިފައިނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، މި ސަރުކާރުން ހަވާލުވި އިރު ގައުމުގެ ހާލަތު އޮތީ ބޮއްސުންލާފައި ކަމަށެވެ.
ރައީސް ވިދާޅުވީ ދާހިލީގޮތުން މި ގައުމުގައި މިނިވަންކަން އޮންނާނީ ޑިމޮކްރަސީގެ ފުރިހަމަ މިނިވަންކަން އޮވެގެން ކަމަށެވެ. ދިވެހިން ގަބޫލުކުރާ ހަމައަކީ ޑިމޮކްރަސީ އެންމެ ފުރިހަމަ މިނިވަންކަމުގައި އޮތުން ކަމަށެވެ.
"ޑިމޮކްރަސީގެ ކަންކަން ފެށިގެން އައި ހިސާބުން ފެށިގެން ކަނޑައްތުކުރެވުނު ދުވަސްތަކަށް ބަލާއިރުގައި މި ސަރުކާރުން މިހާރު މިރާއްޖޭގައި ޑިމޮކްރަސީ މިނިވަން ކޮށްދީފައިވާ ވަރަށް ދުވަހަކުވެސް މީގެ ކުރީގައި މިރާއްޖޭގައި ޑިމޮކްރަސީ މިނިވަންކަމާ އެކު ތަންފީޒުކޮށްދެވިފައެއް ނުވޭ،" ރައީސް ވިދާޅުވިއެވެ.
ސިޔާސީ ހަރަކާތްތައް ހިންގަން މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށާއި އިދިކޮޅު ފަރާތްތަކުން ބާއްވާ އިންތިހާބުތަކަށް ވެސް މި ސަރުކާރުން އެހީވަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްވެސް ސިޔާސީ ލީޑަރަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި ކުރީގެ އެއްވެސް ރައީސަކު ހައްޔަރުކޮށްފައިނުވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް