ރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް، މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ދެދުވަހަށް ބަހާލައިގެން މިއަދާއި މާދަމާ ކުރިއަށް ގެންދާން ނިންމައިފިއެވެ.
މިނިވަން ދުވަހުގެ ހަރަކާތްތައް މިއަހަރު އިންތިޒާމުކޮށް ކުރިޔަށްގެންދަނީ ފަންނާ ސަގާފަތާއި ތަރިކައާއިބެހޭ މިނިސްޓްރީގެ އިސްވެ އޮވެއެވެ.
އެ ހަރަކާތްތަކުގެ ތެރެއިން ދިދަ ނެގުމުގެ ރަސްމިއްޔާތުު މިއަދު 6:00ގައި ކުރިޔަށްގެންގޮސްފައިވެއެެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެ ކަނބަލުންނާއެކު ދައުލަތުގެ އިސްވެރިންނާއި ކުންފުނިތަކާއި އިދާރާތަކުގެ އިސްވެރިންބައިވެރިވެވަޑައިގަތެވެ.
މިއަދުގެ އިތުރު ހަތަކާތްތަކުގެ ތެރޭގައި ހެނދުނު 9:00 ސޯޝަލް ސެންޓަރުގައި ބާއްވާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ގައުމާ މުހާތަބު ކުރައްވާނެ އެވެ. އޭގެ އިތުރުން އެ ރަސްމިއްޔާތުގެ ތެރެއިން ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އިނާމު އެރުވިފައިނުވާ 61 ބޭފުޅަކަށް އިނާމު އެރުވުމަށް ވަނީ ހަމަޖެހިފައެވެ.
މިރޭ ކުރިޔަށްގެންދަން ހަމަޖެހިފައިވާ ހަރަކާތްތަކުގެތެރޭގައި ރޭގަނޑު 8:15ގައި ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ހިމެނެއެވެ.
އެ ހަރަކާތުގެ ތެރެއިން ސިފައިންނާއި ކެޑޭޓުންގެ ރޫޓު މާޗާއި، އިސްކަންދަރު ސްކޫލާއި ރެހެންދި ސްކޫލު އަދި ޝަހީދު އަލީ ސްކޫލުން ދަރިވަރުން އެކުވެގެން ހާއްސަ އައިޓަމެއް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެ އައިޓަމުގައި، ތިން ސްކޫލަކުން 344 ކުދިން ބައިވެރިވާނެ ކަމަށް ތަރިކަ މިނިސްޓްރީން ބުނެއެވެ. އޭގެ އިތުރުން ސިފައިންގެ ހެވިކަމުގެ ކުޅިވަރުތަކާއި ސަގާފީ ހުށަހެޅުމެއް ހިމެނެއެވެ. މި ހަރަކާތް ނިންމާލުމަށް ހަމަޖެހިފައިވަނީ ހަވާއެރުވުމުގެ ހަރަކާތަކާއެކުގައެވެ.
ފާތިމަތު ލިއުޝާ
މިނިވަން ދުވަސް
މިނިވަން ދުވަސް
މިނިވަން ދުވަސް
މިނިވަން ދުވަސް
ކޮމެންޓް