އަށް ގައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސްއަށް، ސަފީރުކަމުގެ ފަތްކޮޅު އެރުއްވީ ޕޯޗުގަލް އިން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު ޖޮއާއޯ މެނުއަލް މެންޑެސް ރިބޭރޯ ޑި އަލްމީޑާ، ލާއޯސް އިން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު ވިތާޔާ ޒަޔާވޮންގް، އަދި ތުރުކުމަނިސްތާނު ރާއްޖެއަށް ކަނޑައަޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ޝަލާރް ގެލްޑެނަޒަރޮވްއެވެ.

އޭގެ އިތުރުން ގާނާއިން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، ޕްރޮފެސަރު ކުވޯސީ އޯބީރީ-ޑޮންސޯ، ބުރުކީނާ ފާސޯއިން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ޑރ. ޑޭޒީރޭ ބޯނީފާސް ސޯމޭ، އޮސްޓްރިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ޑރ. ރޮބާޓް ޓްސީގް، ކެނެޑާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު، އިޒަބެލް މެރީ ކެތެރިން މާޓިން، އަދި ބޫޓާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ޑަޝޯ ކާމަ ހަމު ޑޯޖީ އެވެ.

ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އެރުއްވުމުގެ ރަސްމިއްޔާތައް އެ އަށް ބޭފުޅުން ވަޑައިގެންނެވީ ފަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ފަތްކޮޅު އެރުވުމުގެ ކަންކަން ނިމުމުން ރައީސް ވަނީ ކޮންމެ ގައުމެއްގެ ސަފީރާ ވަކިވަކިން ބައްދަލުކުރައްވައި ރާއްޖެ އާއި އެގައުމުތަކާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.