ރާއްޖޭގެ އެކިކަންކޮޅުތަކަށް އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދަމުންގޮސް ބައެއް ހިސާބުތަކަށް 38 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު މެންދުރު 2 ޖެހިއިރު އާންމުކޮށްފައިވާ ރެކޯޑްތަކުން ދައްކާ ގޮތުގައި އިހުސާސްކުރެވޭ ހޫނުމިން އެންމެ މަތީ ހދ. ހަނިމާދޫއަށެވެ. އެއީ 38 ޑިގްރީ ސެލްސިއަސް އެވެ.
މެޓް އޮފީހުގެ ރިކޯޑުތަކުން ދައްކާ ގޮތުގައި މިއަދު މެންދުރު 11 ޖެހިިއިރު:
- ހަނިމާދުއަށް އިހުސާސްކުރެވޭ ހޫނުމިން 38 ޑިގްރީ ސެލްސިއަސްގައި
- މާލެއަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.9 ޑިގްރީ ސެލްސިއަސްގައި
- ކައްދުއަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.9 ޑިގްރީ ސެލްސިއަސްގައި
- ކާޑެއްދުއަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 35.9 ޑިގްރީ ސެލްސިއަސްގައި
- ގަމަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 34.7 ޑިގްރީ ސެލްސިއަސްގައި
ގަދަ ހޫނު ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން:
- ހެނދުނު 10 އިން ފެށިގެން ހަވީރު 4 ޖަހަންދެން، އަވީގައި އުޅޭމިންވަރު މަދުކުރުން
- ކުޑައަޅައިގެން ބޭރަށް ނުކުތުން
- ކުލަމަޑު، ހަށިގަނޑު ނިވާވާ ފަދަ ދޫ ހެދުންލުން
- ބޭރަށް ނުކުންނައިރު ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮފި ބޭނުންކުރުން
- ގިނަވަގުތު އަވީގައި ހޭދަކުރާ ނަމަ، SPF-15އަށް ވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުން ކުރުން
- ގިނައިން ފެންބުއިން
- ހަކުރު އަދި ކެފެއިން ހިމެނޭ ބުއިންތައް މަދުކުރުން
- ޔޫވީ ރޭޑިއޭޝަން ފިލްޓާކޮށްދޭ ފަދަ އަވިއައިނު ބޭނުންކުރުން
އެލްނީނޯގެ ސަބަބުން މިއަހަރުގެ ހުޅަނގު މޫސުމުގަިއ ރާއްޖެއަށް ވިއްސާރަކުރާ މިިންވަރަށް ބަދަލު އަންނާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މެޓު އޮފީހުން މީގެކުރިން ބުނެފައިވާ ގޮތުގައި މީގެ ކުރިން އެލްނީނޯ ކުރިމަތިވި ފަހަރުތަކުގައި ރާއްޖެއަށް ވާރޭވެހޭ މިންވަރަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ބައެއް މަސްމަހު އާއްމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭވެހުނު އިރު، އަނެއް ބައި ފަހަރު ވާރޭވެހޭ މިންވަރު މަދުވެފައިވާކަން ފާހަގަކުރެވުނުކަމަށް މެޓުން ބުންޏެވެ.
އާއިޝަތު މާހާ
މޫސުމް
މޫސުމް
މޫސުމް
މޫސުމް
ކޮމެންޓް