މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ފަރުތައް އާލާކުރުމާއި މޮނިޓާކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އެޗްޑީސީން ބުނީ އިއްޔެ ކުރިޔަށްގެންދިޔަ ރަސްމިއްޔާތުގައި، އެމްއެމްއާރްއައިގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަމްޖަދު އަހްމަދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ އެޗްޑީސީން ކުރިއަށްގެންދާ ފަރުތައް އާލާކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ފަންނީ އިރުޝާދާއި ތަޖުރިބާ އަދި އެހީތެރިކަން ފޯރުކޮށްދިނުމެވެ. އޭގެ އިތުރުން، ރާއްޖޭގެ ފަރުތައް މޮނިޓާކުރުމާއި އެ ދާއިރާއިން ކުރެވޭ ސައިންޓިފިކް ދިރާސާތައް ހަރުދަނާ ކުރުމުގައި އެޗްޑީސީގެ ފަރާތުން އެއްބާރުލުން ދިނުންވެސް އެ އެއްބަސްވުމުގައި ހިމެނޭ ކަމަށެވެ.
އެ ފަހުމުނާމާއަކީ ރާއްޖޭގެ ފަރުތަކުގެ ދިރުންތައް އާލާކޮށް، އެ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެޗްޑީސީން ބުންޏެެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
ކޮމެންޓް