ކ. ހިންމަފުށީގައި ދިވެއްސަކާ މާރަމާރީ ހިންގި މިސްރުގެ ދެ ބިދޭސީއަކު ހައްޔަރުކޮށް، އެ މީހުން ޑީޕޯޓުކޮށްލަން ނިންމައިފިއެވެ.
ހިންމަފުށީގައި މިދިޔަ އާދިއްތަ ދުވަހު ހިންގި އެ މާރަމާރީގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިސްރު ދެ މީހަކު ހައްޔަރުކޮށްފައެވެ. އެ ދެ މީހުން ދެ ދުވަހަށް ބަންދުކުރަން ކޯޓުންވަނީ އަމުރުކޮށްފައެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަކީ ހިންމަފުށީގައި ވަޒީފާ އަދާކުރަމުންދިޔަ ދެ މީހުންނެވެ. އޭގެ ތެރޭގައި އެ ރަށު ރިހެބިލިޓޭޝަން ސެންޓަރުގައި މަސައްކަތްކުރާ ޑޮކްޓަރަކާއި، ގެސްޓްހައުސެއްގައި މަސައްކަތްކުރާ މީހަކު ހިމެނެއެވެ.
ފުލުހުން މިއަދު ބުނީ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންކަމަށް ބަލައި، އެ ދެ މީހުން އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލުމަށް މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނަށް ހުށަހަޅާފައި ކަމަށެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް