މާލެއާއި ބްރިޖް ހައިވޭގައި ފުލުހުން މަސައްކަތްކުރާނެ ގޮތުގެ ޕްލޭން އިފްތިތާހުކޮށްފިއެވެ.
ފުލުހުން ބުނީ އިސްކަންދުރު ކޮށި އެކެއްގައި އިއްޔެ މެންދުރު ކުރިޔަށްގެންދިޔަ ރަސްމިއްޔާތުގައި ޓްރެފިކް އެންހޭންސްމެންޓް ޕްލޭން އިފްތިހާހުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދުއެވެ.
އެ ރަސްމިއްޔާތުގައި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ މުވައްޒަފުންނާ ކޮމިޝަނާ އޮފް ޕޮލިސް ބައްދަލުކުރެއްވި ކަމަށެވެ.
ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓު ޕްލޭނަކީ މާލެ އާއި ބްރިޖް ހައިވޭގައި ޑިއުޓީ އަދާކުރާ ފުލުހުން މަސައްކަތް ކުރާނެ ގޮތްތައް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ޕްލޭނެއް ކަމަށް ފުލުހުން ބުނެއެވެ.
އެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ލުއިފަސޭހަކަން ގެނެސްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއެޅުއްވިއެވެ.
އެގޮތުން، ޓްރެފިކް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މިހާރު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައި، މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، އާންމުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމަށް ކޮމިޝަނާ އިލްތިމާސް ކުރެއްވި ކަމަށް ފުލުހުން ބުނެއެވެ.
ކޮމިޝަނާގެ އިލްތިމާސާ އެއްގޮތަށް، ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓުން ވަނީ ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށްޓަކައި މިހާރު ބަލަހައްޓާ ސަރަހައްދުތަކުގެ އިތުރުން، މާލޭގެ އިތުރު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކުރުމަށްޓަކައި، ކުރިއަށް އޮތް ތަނުގައި އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް އެ ފަންކްޝަނުން ފާހަގަކުރިއެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް