ކުދީނާގޯޅީގައި ހުންނަ ފުޑް ބިސްޓްރޯގެ ދުންހޮޅި ރަނގަޅު ކުރަންދެން އެތަން ބަންދުކޮށްފައި ބަހައްޓަން މާލޭ ސިޓީ ކައުންސިލުން ނިންމައިިފިއެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުނީ ފުޑް ބިސްޓްރޯގެ ދުންހޮޅިން ޒިކުރާ މިސްކިތުގެ ތެރެއަށް ދުމާއި ވަސް އަންނާތީ، އެތަނުގެ ދުންހޮޅި ރަނގަޅު ކުރުމަށް މާލެސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ ފަރާތުންގޮސް ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެކަން ރަނގަޅުކޮށްފައިނުވާ ކަމަށެވެ.
އަދި އިއްޔެގެ ހުކުރު ނަމާދުގަޑީގައި ފުޑް ބިސްޓްރޯއިން ކައްކާ އެއްޗެހީގެ މިރުސްވަހާ ހުރެ ޒިކުރާ މިސްކިތުގައި ނަމާދަށް ތިއްބެވި ބޭފުޅުން ކޮށިއަރާވަރުން ނަމާދަށް ތިބެން އުނދަގޫވާތީ، ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން އެތަން ވަގުތީގޮތުން ބަންދު ކުރަން ނިންމީ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން އިތުރަށް ބުނީ އެތަނުގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓު މުވައްޒަފުން މިތަނަށް ވަނުމުން މިތަނުގައި ކައްކަން ތިބި ބިދޭސީންނާއި ހިދުމަތް ހޯދަން އައިސް ތިބި ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ދުވެ ފިލާފައިވާ ކަމަށެވެ.
އާއިޝަތު މާހާ
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
ކޮމެންޓް