ބޮލީވުޑްގެ ބަތަލާ ޑިއާ މިރްޒާގެ ފިލްމީ ކެރިއަރު ފެށުމުގެ އަސްލަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރު ކަމަށް އޭނާ ބުނެފިއެވެ. ފިލްމީ ދާއިރާގައި 25 އަހަރު ފުރުން ފާހަގަކުރަމުން، ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޑިއާ ބުނީ އޭނާ ފިލްމު ކުޅެން ފެށުމަށް އެންމެ ބޮޑަށް ބާރުއެޅީ އަނިލް ކަމަށެވެ.
ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޑިއާ އާއި އަނިލް އެންމެ ފުރަތަމަ ބައްދަލުވީ ޑިއާ އޭޝިއާ ޕެސިފިކް މުބާރާތް ކާމިޔާބުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހައިދަރުއާބާދުގެ ހޮޓަލަކުންނެވެ. އެ ބައްދަލުވުމުގައި އަނިލް ދެއްކި ވާހަކަތައް ހަނދާންކުރަމުން ޑިއާ ބުނީ، އޭނާއަކީ ވަރަށް ރީތި އަދި ސްކްރީން ކުރިމަތީގައި ވެސް ވަރަށް ފުރިހަމަވާނެ މީހެއް ކަމަށް އަނިލް ބުނި ކަމަށެވެ. އެކްޓަރަކަށް ވުމަށް އަނިލް އޭނާއަށް ނަސޭހަތްތެރި ވި ކަމަށް ވެސް ޑިއާ ފާހަގަކުރިއެވެ.
މީގެ އިތުރުން، ޑިއާއަށް އެންމެ ފުރަތަމަ ފިލްމެއް ހޯދައިދިނުމުގައި އަނިލް އާއި ކުރީގެ އެކްޓަރު އަނޫޕަމް ކޭރް ވަރަށް ބޮޑަށް އެހީތެރިވި ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން، ފިލްމީ ދާއިރާއަށް އޭނާއަށް ވަދެވުމުގެ މައިގަނޑު ސަބަބަކީ އަނިލް ކަމަށް ޑިއާ ގަބޫލުކުރެއެވެ.
މި ފަހުން ނެރުނު ފިލްމު “އަލްފާ” ގައި ޑިއާ ވަނީ އަނިލްއާއެކު ކުރު ރޯލަކުން ފެނިފައެވެ. ފުރަތަމަ ބައްދަލުވިތާ 25 އަހަރު ފަހުން އަނިލްއާއެކު އެއް ސްކްރީނަކުން ފެނުމަކީ ވަރަށް ހާއްސަ އަދި އުފާވެރި އިހުސާސެއް ކުރެވުނު ކަމެއް ކަމަށް ޑިއާ ބުނެފައިވެއެވެ.
މިހާރު ޑިއާ އަންނަނީ އޭނާގެ ކެރިއަރުގެ ވަރަށް ކާމިޔާބު ދުވަސްވަރެއް ހޭދަކުރަމުންނެވެ. އެގޮތުން ދާދި ފަހުން އޭނާ ވަނީ ސަނީ ޑިއޯލް އާއި އަކްޝޭ ކަންނާއާއެކު “އިއްކާ” ކިޔާ ފިލްމެއްގައި ވެސް މަސައްކަތްކޮށްފައެވެ.
ފަލަސްތީނު
ބޭރު ކުޅިވަރު
ވާހަކަ
އިރާނު-އިޒްރޭލު ހަނގުރާމަ
ކޮމެންޓް