ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ސިޓީ ބްރާންޗްގެ ވެރިންގެ ގޮތުގައި މީގެކުރިން ތިބި މީހުންގެ މައްޗަށް މަނީލޯންޑަރިންގެ ތަހުގީގެއް ހިންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ފެނަކަ އައްޑޫ ބްރާންޗްގެ އޮޑިޓް ރިޕޯޓުން ފާހަގަވާ ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ ގޮތުން މި ތަހުގީގު ހިންގަން ކޮމިޓީން މިއަދު ފާސްކުރީ ފުލުހުންނަށް އަންގައިގެންނެވެ.
ފެނަކަ އައްޑޫ ބްރާންޗްގައި ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވާ ކަންތައްތަކަށް ބަލައި، އެ ކަންތައްތައް ހިނގިއިރު އެ ބްރާންޗްގައި މީގެކުރިން ތިބި އިސްވެރިންނާއި، އެ ފަރާތްތަކުގެ އާއިލާތަކުގެ އެކައުންޓްތަކަށް މުސާރަ އާ ނުބައްދަލު ފައިސާ ޖަމާވެފައިވޭތޯ ބެލުމަށްވެސް ކޮމިޓީން ފާސްކުރިއެވެ.
ކޮމިޓީން މި ކަންތައްތައް ފާސްކުރީ، ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ހިތަދޫ މެދު ދާއިރާގެ ޕީއެންނސީ މެންބަރު އަހުމަދު އަޒާން ހުށަހަޅުއްވައި، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ތާއީދު ކުރައްވައިގެންނެވެ.
އިބްރާހިމް ޒަކީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
ކޮމެންޓް