މޯލްޑިވްސް ފުޑް ކާނިވަލް 2026ގެ ދިރާގު ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ހަރަކާތްތަކާއި އޮފާތަކާއި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގުން ބުނީ މި ކާނިވަލް ކުރިއަށްދާނީ 15 އިން 18 ޖުލައިގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި، ހަވީރު 04:00 އިން ރޭގަނޑު 11:30އަށް ކަމަށެވެ.
މި ކާނިވަލުގެ ދިރާގު ސްޓޯލުގައި ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޯރިގަދަ ގޭމިން ހަރަކާތުގައި ހިލޭ ބައިވެރިވެވޭނެއެވެ. އަދި، ދިރާގު ސްޓޯލަށް ޒިޔާރަތްކޮށްގެން، ދިރާގުގެ އެންމެ ފަހުގެ ހިދުމަތްތަކާއި ހާއްސަ އޮފާތަކުގެ މައުލޫމާތު ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
މި ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އޭގެތެރޭގައި ހިލޭ ޑޭޓާ އަދި ދިރާގު ޕޭ އިން ދޭ ހާއްސަ ކޭޝްބެކް ރިވޯޑްސް ހިމެނެއެވެ. މީގެ އިތުރުން، ސްޓޯލަށް ޒިޔާރަތްކޮށް، ވަކި ހާއްސަ ހިދުމަތްތަކަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް އިތުރު އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ. މި ލަކީ ޑްރޯއިން ލިބޭ އިނާމުތަކުގެ ތެރޭގައި ދިރާގު ހޯމް ސޮލިއުޝަންސް ބަންޑްލްއެއް އަދި ނެސްޕްރެސޯ މެޝިނެއް ވެސް ހިމެނެއެވެ.
ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މި އިވެންޓުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލްތަކުގެ ބައިވެރިވުން ފެނިގެންދާނެއެވެ. އަދި، މި އިވެންޓް މެދުވެރިކޮށް ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކަށް އެއްތަނަކުން އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ދިރާގަކީ މި އިވެންޓްގެ ޑިޖިޓަލް ޕާޓްނާއެވެ.
އާއިޝަތު މާހާ
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް