ގަތަރުގެ ކުރީގެ އަމީރު ޝައިހް ހަމަދު ބިން ހަލީފާ އާލް ސާނީ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ދަތުރުފުޅަކީ، ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އާލް ސާނީ އާއި ޝާހީ އާއިލާއަށާއި ގަތަރުގެ ރައްޔިތުންނަށް ދިވެހިރައްޔިތުންގެ ފަރާތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ދެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ގަތަރުގެ އަމީރު ވަނީ ރައީސް މުއިއްޒުއާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ، ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ ދެމެދުގައި އޮންނަ އުހުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ އަޒުމު ދެ ގައުމުން ހިއްސާކުރާކަން ހާމަކުރައްވައިފައެވެ.
ޝެއިހް ހަމަދު އަވަހާރަވުމާ ގުޅިގެން އިއްޔެ މެންދުރު 12 އިން މިއަދު މެންދުރު 12އަށް ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފައެވެ.
ގަތަރުގެ ކުރީގެ އަމީރު ޝެއިހް ހަމަދު ބިން ހަލީފާ އަލްތާނީ އަވަހާރަވީ މިދިޔަ އާދިއްތަ ދުވަހު އެވެ. ޝެއިހް ހަމަދު ގަތަރުގެ ވެރިކަން ކުރެއްވީ 1995 އިން 2013 އަށެވެ.
ރާއްޖޭގެ ތަރައްގީއަށް ޝެއިހް ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި، ގަތަރު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމާއި ހަމަދު ބިން ހަލީފާ އާލް ތާނީ ސްކޫލާއި މަސްޖިދު ޝައިހް ގާސިމްބިން އާލްތާނީ ފަދަ މަޝްރޫއުތައް ހިމެނެއެވެ.
އާއިޝަތު މާހާ
ހިމަބިހި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރާއްޖޭގެ މީޑިއާތައް
ކޮމެންޓް