ބ. އޭދަފުށި ފަޅުތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ފުލުހުން "ވަން" އަށް ބުނީ އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި މީހަކު މަރުވެފައި އޮއްވައި ފެނިފައިވާކަމުގެ މައުލޫމާތު މިއަދު 7:55 އެހައިކަން ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މަރުވެފައި އޮއްވައި ފެނިފައިވަނީ ބ. އޭދަފުށީ، ސީސަންގެ، އަލީ އަބްދުﷲ (82އ) އެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ ހެލްތް ސާވިސަސްގެ މެނާޖަރު މުހައްމަދު ޝަކީލް މިއަދު "ވަން" އަށް ވިދާޅުވީ މަރުވެފައި އޮތް މީހާގެ ހަށިގަނޑު މިހާރު އޭދަފުށި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެ ކަމުގެ އިތުރު މައުލޫމާތު ފުލުހުންނާ ގުޅިގެން ހިއްސާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.