އިންފޮމޭޝަން ކޮމިޝަރުގެ ގާނޫނީ ޒިންމާ އަދާކުރަން ރައީސް އޮފީހުން ހުރަސް އަަޅަމުންދާ ކަމަށް ކަނޑައަޅައި، އެ އޮފީސް 2،000 ރުފިޔާއިން ޖޫރިމަނާ ކުރަން މިއަދު ނިންމައިފިއެވެ.
ރައީސް އޮފީސް ޖޫރިމަނާ ކޮށްފައި ވަނީ އެ އޮފީހުން މައުލޫމާތު ހޯދުމަށް ހުށަހެޅި ފަސް ހުށަހެޅުމަކަށް ޖަވާބު ދީފައި ނުވާތީ އެއީ ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދުގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސްއަޅަމުންދާ ކަމަށް ބުނެއެވެ.
"ފުރަތަމަ ބައްދަލުވުމުގައި މައުލޫމާތު ފޯރުކޮށްދިނުމަށް އެންގި އެންގުމަށް އިދާރާއިން އެއްގޮތަކަށްވެސް އަމަލުކޮށްފައިނުވާތީ އެއީ ގާނޫނުގައި ބުނާ އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބުތަކަށް ހުރަސް އެޅޭ ކަމަކަށްވާތީވެ އަޅުގަނޑު މި ގަސްތުކުރަނީ ރައީސް އޮފީހަށް ޖަވާބު ދިނުމަށް އެދި ފުރުސަތުތައް ދިން ނަމަވެސް އެގޮތަށް އަމަލުކޮށްފައިނުވާތީ ގާނޫނުގެ 67 ވަނަ މާއްދާގެ ނ ގެ ދެ ވަނަ މާއްދާގެ ދަށުން (އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ހުރަސް އެޅުން" ކަމަށް ނިންމައި، ރައީސް އޮފީސް 2000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް" އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވިއެވެ.
އާހިދު ވިދާޅުވީ، އެ ފަސް މައްސަލާގައި ކޮމިޝަނުން ކަނޑައެޅި މުއްދަތުގައި ޖަވާބު ނުދީ، އެކަމަށް 45 ދުވަހަށް ވުރެ ދިގު މުއްދަތެއް ހޭދަކޮށްފި ނަމަ، ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރުގެ މައްޗަށް ދައުވާ ކުރަން ފޮނުވާނެ ކަމަށެވެ.
ރައީސް އޮފީސް ޖޫރިމަނާ ކުރި އިރު އެ ނިންމުން އިސްތިއުނާފު ކުރަން 45 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
މީގެ ކުރިން ވެސް އިންފޮމޭޝަން ކޮމިޝަނުގެ އޮފީހުން އެކި އިދާރާތައް ޖޫރިމަނާ ކޮށްފައިވެއެވެ.
އަލީ ޔާމިން
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ކޮމެންޓް