އަބާދީ ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ވ. ރަކީދޫން މީހުން އެހެން ރަށަކަށް ބަދަލު ނުކުރެވި ވަނީ، ރަށުގެ ރައްޔިތުންނާ އެކު އެއްބަސްވުމަކަށް ނާދެވިގެން ކަމަށް މިނިސްޓާ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވ. ރަކީދޫ ބައެއް ރައްޔިތުން އެހެން ރަށަކަށް ބަދަލު ކުރަން އެދިފައިވާ މައްސަލައާބެ ހޭގޮތުން ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އަދިވެސް ސަރުކާރުގެ ވިސްނުމަކީ ރަކީދޫން މީހުން އެެހެން ރަށަކަށް ބަދަލު ކުރުން ކަމަށެވެ.

"ސަރުކާރުން ރަކީދޫ އެ ފަރާތްތަކަށް ގޯތި ހަވާލު ކުރުމަށްޓަކައި އަޅުގަނޑުމެން ސާވޭއަކަށް ވެސް ފޮނުވިން، ރަށުގެ ބައެއް ފަރާތްތަކުން ބަދަލުވާކަށް ބޭނުމެއް ނުވޭ،"

މިނިސްޓަރު ވިދާޅުވީ، އަބަދުވެސް ސަރުކާރުގެ ޕޮލިސީއަކީ، ރަށުގެ ހުރިހާ ރައްޔިތުންގެ އެއްބަސްވުމާ އެކު، ރައްޔިތުން ބަދަލު ކުރުން ކަމަށެވެ.

"އެހެންވީމަ އެ މަޝްވަރާތައް ކުރިއަށް އެބަދޭ، ރަށުގެ ރައްޔިތުން އެއްބަސްވާ ކަމަށް ވަންޏާ މިހާރު ވެސް އަޅުގަނޑުމެން އެ މަސައްކަތް ފަށައި ގަންނާނަން،"

ނަމަވެސް މިނިސްޓަރު ވިދާޅުވީ، އެ މަސައްލައިގައި އަދި އެއްބަސްވުމަކަށް ނާދެވޭތީ އެ މަސައްކަތް ނުފެށޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ރަކީދުއަށް ކުރެއްވި ދަތުރު ފުޅުގައި، އެ ރަށު ބައެއް ރައްޔިތުން ވަނީ އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. އެއީ ކ. ތުލުސްދޫ ކަމަށްވެސް އެމީހުން ބުންޏެވެ.