ލ. ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓްގައި މަސައްކަތް ކުރަމުން ދަނީ، 2028 ވަނަ އަހަރުގެ މެދު ތެރޭގައި، ބުރިޖުމަގު ރައްޔިތުންނަށް ބޭނުން ކުރެވޭ ގޮތް ހެއްދެވުމަށް ކަމަށް، މިނިސްޓާ އޮފް އިންފްރާ ސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކޯޒްވޭގެ މަަސައްކަތާ ބެހޭގޮތުން، މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝާކިލު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ކޯޒްވޭގެ މަސައްކަތް ފަށައި އަދި ނިމޭނެ ދުވަހަކީ ކޮބައިތޯ، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، 22 ޖެނުއަރީ 2023 ގައި އެ މަޝްރޫއުގައި ސޮއިކޮށް، ދޭއް ސެޕްޓެމްބަރު 2023 ގައި މެޝިނަރީޒްއާ އެއްކޮށް މޮބިލައިޒްކޮށްފައި އޮތް ކަމަށް ރެކޯޑްތަކުން ފެންނަން އޮތް ކަމަށެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މި ސަރުކާރުން ކަމަށެވެ.
"މިގޮތުން ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަނާއި ސާވޭގެ ނަސައްކަތް ނިންމައި ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ވީޓެލް ޑިޒައިންތައް އެޕްރޫވްކޮށް މިހާރު 20 އޮކްޓޫބަރު 2025 ގައި މަސައްކަތް ވަނީ ފަށައިފައި،"
ކަނޑައަޅާފައި ވަނީ، 500 ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށް ކަމަށާއި މަސައްކަތުގެ އަގަކީ 81 މިލިޔަން ރުފިޔާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ކޮންޓެކްޓަރުގެ ސްކޯޕްގައިވާ ގޮތުން 390 މީޓަރުގެ ރިވެޓްމެންޓަކާއި 157.5 މީޓަރުގެ ދިގު ދެ ބްރިޖާއި 714 މީޓަރުގެ ދިގު މަގެެެއް ހެދިގެންދާނެ،"
މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ކުރިއަށްދަނީ އެދެވޭ ސްޕީޑެއްގައި ނޫން ކަމަށެވެ.
"ނަމަވެސް މަސައްކަތް ކުރަނީ 2028 ގެ މެދެތެެރެއަށް ދާ އިރު މަސައްކަތް ނިންމައި، ރައްޔިތުންނަށް މަގު ބޭނުން ކުރެވޭނެ ގޮތް ހެދުމަށް،"
އިބްރާހިމް ޒަކީ
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮމެންޓް