ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ލިބެމުންދާ ބޮޑެތި ގެއްލުންތަކާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ބޮޑުވަޒީރު ތާރިގް ރަހްމާނަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހިތާމަވެރި ހާދިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލުނު ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
އެ މަނިކުފާނު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރަށާއި، މި ކާރިސާގައި އަސަރުކުރި ހުރިހާ އާއިލާތަކަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ރައްދުކުރައްވާފައެވެ.
އަދި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. ފެންބޮޑުވުމުގެ ތެރޭގައި ގެއްލިފައިވާ މީހުން ސަލާމަތުން ފެންނާނެކަމަށް އުންމީދު ކުރައްވާ ކަމަށާއި، މި ދަތި އުނދަގޫ ވަގުތު ރާއްޖެ އޮތީ އެކުވެރި ބަންގްލަދޭޝްއާ އެކުގައިކަމަށް ރައީސް ވިދާޅުވިއެވެ.
ބަންގްލަދޭޝްއަށް މިހާރު ކުރަމުންދާ ބޯވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މި ކާރިސާގައި ޗައްޓޮގްރާމް، ކޮކްސް ބާޒާރު، ބަންދޮރްބަން، ރަންގަމަޓީ، ހާގްރާޗޯރީ، މޮއުލޯބީބާޒާރު އަދި ހޯބީގޮންޖ ޑިސްޓްރިކްޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހި، ގެދޮރުގައި ތާށިވެފައެވެ. ގާތްގަނޑަކަށް 267,918 ގެއަކަށް ފެންވަދެ، ކެއްކުމާއި ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން އާންމުން ދަނީ ވަރަށް ބޮޑު ތަކުލީފެއް އުފުލަމުންނެވެ. ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގިނަ ސަރަހައްދުތަކެއްގެ މުވާސަލާތީ އަދި ދަތުރުފަތުރުގެ ނިޒާމަށްވެސް ވަނީ ބުރޫއަރާފައެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް