ވިލިމާލޭގައި ދެ ގްރޫޕެއް މެދުގައި ހިންގި މާރަމާރީއެއްގައި ހަތަރު މީހަކު ޒަހަމަވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ މިއަދު 15:12 އެހާކަންހާއިރު އެ މާރަމާރީގެ ރިޕޯޓު އެ އިދާރާއަށް ލިބުނު ކަމަށެވެ.

މާރަމާރީގައި އަނިޔާވި ހަތަރު މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންކަމަށް ފުލުހުން ބުންޏެވެ. އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރު، 22 އަހަރު، 27 އަހަރު އަދި 31 އަހަރުގެ ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.