އާޖެންޓީނާއިން ކުއާޓާ ފައިނަލް ޔަގީން ކުރި މެޗުގައި ރެފްރީ މިސްރަށް ބޭއިންސާފުވި ކަމަށާއި، އެކަން މުޅި ދުނިޔެއަށް ފެންނާނެ ކަމަށް މިސްރުގެ ކޯޗު، ހޮސާމް ހަސަން ބުނެފިއެވެ.

މިސްރުން ރޭ ގަދަ 16 ގައި އާޖެންޓީނާއާ ދެކޮޅަށް ކުޅެ ބަލިވީ 3-2 އިންނެވެ. މިސްރުން ދެ ގޯލްގެ ލީޑެއްގައި ގިނަ ވަގުތު ކުޅުނު ނަމަވެސް، އާޖެންޓީނާއިން ވަނީ ފަހު 13 ވަރަކަށް މިނެޓުގައި ތިން ގޯލް ޖަހައިގެން ނަތީޖާ އަނބުރާލައިފައެވެ. އެންމެ ފަހު ގޯލް ޖެހުމުގެ ކުރިން އަނެއްކޮޅުން އާޖެންޓީނާ އޭރިއާ ތެރެއިން ޖޫލިއަން އަލްވަރޭޒް، މިސްރުގެ މުހައްމަދު ސަލާހަށް ފައުލް ކުރި ކަމަށް ކޯޗު ހަސަން ވަނީ އެ ގޯލް ފަހުން ރެފްރީއަށް ޝަކުވާ ކޮށްފައެވެ. އެހެން ނަމަވެސް ރެފްރީ ނިންމީ ފައުލެއް ނޫން ކަމަށެވެ.

އޭގެ އިތުރުން އެ ކައުންޓާ ފެށި ވަގުތު، އާޖެންޓީނާ އޭރިއާ ތެރެއިން އެލެކްސިސް މެކް އަލިސްޓާ އޭރިއާ ތެރެއިން ހަމްދީ ފަތީ އަތުގައި ހިފާ ވައްޓާލި ކަމަށްވެސް މިސްރުން ޝަކުވާ ކޮށްފައިވެއެވެ.

އެކަންކަން ހިނގުމުގެ ކުރިން މިސްރުން ކައުންޓާއެއްގައި ގޯލަށް ބޯޅަ ވައްދާލުމާއެކު، އޭގެ ކުރިން ވި ފައުލަކަށް ވީއޭއާރް ބަލައި، އެއީ ގޯލެއް ނޫން ކަމަށް ނިންމާފައިވެއެވެ.

"ހަޔާތަކީވެސް ނާއިންސާފު އެއްޗެއް. ދުނިޔެއަކީވެސް ނާއިންސާފުތަނެއް. މައްސަލައެއް ނެތް. ދެން ކުޅިވަރުގައިވެސް އިންސާފެއް ނެތީ ކީއްވެ؟ މި މެޗުގައި ހިނގާދިޔަ ކަންތަކުން ނަތީޖާ ބަލައިގަންނަން އުނދަގޫ،" ހަސަން ބުންޏެވެ.

"ރެފްރީ ކަންކަން ކުރީ ނާއިންސާފުން. އަހަންނަށް ހެއްދެވި ފަރާތް ފުދޭ. އެހެންކަމުން ވަކީލުކޮށްލައިގެން ހުރުން އޮތީ. އެކަމަކު ރެފްރީއާ ހެދި ގައުމެއްގެ މަސައްކަތް ފެނަށް މިދިޔައީ. މި މުބާރާތް މި ދަނީ އާޖެންޓީނާ ދަށި ދޭން އުޅޭ މިސްރާބަށް. އަހަރެމެންނަކަށް އިހުތިރާމެއް ނުފެނޭ. އަހަރެމެންނަށް ދޭން ޖެހޭ ޕެނަލްޓީއެއް ނުދީ ދިޔަ. އަދި ޖެހި ގޯލެއް ނުދީވެސް ދިޔަ،" ހަސަން އިތުރަށް ބުންޏެވެ.

ހަސަން ފާހަގަކުރީ އާޖެންޓީނާ ކުރިއަށް ގެންދަން ރެފްރީންނަށް ޕްރެޝަރު ވާ ކަމަށާއި، މެޗުން ފެނުނީ އެ މަންޒަރު ކަމަށެވެ.