ސްކޫލްސަޕޯޓް އިންފްރާންސްޓްރަކްޗާ ފެސިލިޓީގެ ގޮތުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގު 2.98 ބިލިޔަން ރުފިޔާއަށް އަރާ ކަމަށް މިނިސްޓާ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ތައުލީމީ ދާއިރާއިން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ޖުމްލަ 210 ޕްރޮޖެކްޓް ކުރިއަށްގެންދާ ކަަމަށެވެ.

އޭގެ ތެރެއިން މިހާރު ނިމިފައިވާ ކުލާސްރޫމުތަކާއެކު، 12،000 އަށްވުރެ ގިނަ ކުލާސްރޫމު ހިމެނޭ ކަަމަށްވެސް ވިދާޅުވިއެވެ.

އެ ކުލާސްރޫމު ތަކާއި ހޯލުތަކާއި ލައިބްރަރީތަކާއި އޮފީސް އިމާރާތާ އެކު ޖުމްލަ 3500 އަށްވުރެގިނަ ސްކޫލްސަޕޯޓް އިންފްރާންސްޓްރަކްޗާ ފެސިލިޓީ ގާއިމްކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގު 2.98 ބިލިޔަނަށް އަރާ، އޭގެ ތެރެއިން ހައެއްކަ ސަތޭކަ މިލިޔަނާ ހަމައަށް ހަަރަދު ކުރެވިފައިވަނީ،"