ޕޭ ފްރޭމްވޯކު ރިވިއުކުރާނީ ޓީޗަރުންނާ ގުޅިގެންކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް މިނިސްޓާ އޮފް އެޑިޔުކޭޝަނ،ް ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ޕޭ ފްރޭމްވޯކުން މުސާރަތަކަށް ބަދަލު ގެނައިއިރު، މުދައްރިސުންގެ ހުރި ކަންބޮޑުވުންތަކާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މުދައްރިސުންނަކީ ގައުމު ބިނާކުރާ މޭސްތިރިން ކަމަށެވެ. އެހެންކަމުން މުސާރަ އާއި އެހެނިހެން އިނާޔަތްތަކާއި ހައްގުތައް އެންމެ ފުރިހަމަވާން ޖެހޭނީ މުދައްރިސުންނަށް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޕޭ ފްރޭކްވޯކް އެކުލަވާލާފައިވާ ގޮތާބެހޭގޮތޮތުން، މާލެ އާއި އަތޮޅުތެރޭގެ ގާތްގަނޑަކަށް 15 ވަރަކަށް އަތޮޅުގެ ވަރަށްގިނަ ޓީޗަރުންނާ ވަކިން ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ޕޭ ފްރޭމްވޯކް އެކުލަވައިލައިފައިވާގޮތާބެހޭގޮތުން މުދައްރިސުންގެ ކަންބޮޑުވުން އެބަހުއްޓެވެ.
އެ ކަންބޮޑުވުންތައް ދިމާވާން ޖެހުނު ސަބަބުވެސް މިނިސްޓަރު ވިދާޅުވެދެއްވިއެވެ.
"އެންމެފުރަތަމަ ޕޭ ފްރޭމްވޯކް އެކުލަވައިލިއިރު، ދިމާވި މައްސލައަކީ ޑިގްރީ ޓީޗަރުންނަށް ސްޓެޕް ޕްރޮމޯޝަން ދިނީމަ، "މިސާލަކަށް މާސްޓާސްއަށް ހަތަރު އަހަރު ދުވަހުގެ ގެޕެއް" ހަތަރު އަހަރު ދުވަހުގެ ޕީރިއަޑެއް ދިނީވެސް އެމްޑީޕީ ސަރުކާރުން، މީ މީގެކުރިން ރާއްޖޭގައި ވެފައޮތް ކަމެއްނޫން، ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެބަ އާދޭ ސްޓެޕް ޕްރޮކޯޝަން ތަކެއް، އަޅުގަނޑުމެން މިހާރުވާނީ އެ ސްޓެޕް ޕްރޮމޯޝަންތައް ދީފަ،"
މިކަމުގެ ސަބަބުން ދިމާވާ މައްސަލަތައްވެސް މިނިސްޓަރު ފާހަގަކޮށްދެއްވިއެވެ.
"މިހާރު ނިކުންނަ ނަތީޖާއަކީ މާސްޓާ ޑިގްރީ ހަދައިފަ ހުންނަ މުދައްރިސެއް، އެބޭފުޅާ އަތުގައި އޮންނަ ޑިގްރީއާ އެކުގައި ސްޓެޕް ޕްރޮމޯޝަން ލިބުނީމަ އެ ސްޓެޕް ޕްރޮމޯޝަން ލިބިފަ ހުންނަ މުދައްރިސް މާސްޓާ ޑިގްރީގެ ގޮޅިއަށްދިޔައިމަ މުސާރަ ދަށްވާގޮތް ވަނީ، އެހެންވީމަ އެކަން ހައްލުކޮށްގެންމެނުވީ މާސްޓާ ޑީގްރީގެ ގޮޅީގެ ތެރެއަށް މުދައްރިސުން ޓްރާންސްފާ ކުރެވޭކަށެއް ނެތް، ޓްރާންފާ ކޮށްފިއްޔާ ޑިގްރީއެއް އޮވެގެން ލިބޭ މުސާރަައަށްވުރެ މާސްޓާގެ އެ ހަރުފަތުގައި ލިބޭ މުސާރަ ދަށްވާގޮތަށް އޮތީ،"
އިބްރާހިމް ޒަކީ
ޓީޗަރުން
ޓީޗަރުން
ޓީޗަރުން
ކޮމެންޓް