ރޭ މިސްރުން ހޯދި ތާރީހީ މޮޅު މިސްރުގެ ރައްޔިތުންގެ އިތުރުން ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ހާއްސަކުރާ ކަމަށް ކޯޗު ހޮސާމް ހަސަން ބުނެފިއެވެ.
ރޭގެ ކުރިން މިސްރުން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރެއްގައި ވާދަކޮށްފައިވަނީ ހަމައެކަނި ވޯލްޑް ކަޕް 1934 ގައެވެ. މީގެ 92 އަހަރު ކުރިން ވާދަކުރި އެ ވޯލްޑް ކަޕްގެ ނޮކްއައުޓްގެ ފުރަތަމަ ބުރުގެ ގޮތުގައި އޮތް ގަދަ 16 އާ ހިސާބަށް ދަތުރުކުރިއެވެ. އެހެންނަމަވެސް އެމެޗުން މޮޅުވެ، މިސްރަށް ކުރިއަށް ދެވޭނެ ގޮތެއް ނުވިއެވެ.
އެ ތާރީހު ބަދަލުކޮށް ރޭ މިސްރުން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުން މޮޅުވީ ޕެނަލްޓީގައި އޮސްޓްރޭލިއާ ބަލިކޮށްގެންނެވެ. ފުރިހަމަ ވަގުތު ހަމަވި އިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައި އޮތް އިރު، ޕެނަލްޓީ ޝޫޓްއައުޓްގައި މިސްރު މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.
"ފަލަސްތީނުގެ ރައްޔިތުންނަށް ކާމިޔާބު ދެއްވުން އެދި އަހަރެން ދުއާކުރަން. ޝަހީދުންނަށް ސުވަރުގެ މިންވަރު ކުރައްވާށި. އަހަރެން މިބުނަނީ މި މޮޅަކީ މިސްރުގެ ރައްޔިތުންގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަކުރާ މޮޅެއް ކަމަށް،" ކުރިން ގައުމީ ޓީމަށް ކުޅުނު މޮޅު ފޯވަޑް، މިހާރުގެ ކޯޗު ހޮސާމް ބުންޏެވެ.
ތާރީހީ މޮޅާއެކު ހޮސާމް އުފާފާޅުކުރުންތަކަށް ދަނޑުމައްޗަށް ނުކުތީ ފަލަސްތީނުގެ ދިދައިގެ އިތުރުން މިސްރުގެ ދިދަ ހިފައިގެންނެވެ. ރޭ މިސްރުން ހޯދި މޮޅަކީ މުޅި އަރަބި ދުނިޔެއަށް ހާއްސަ މޮޅަކަށްވީ އިރު، ފަލަސްތީނުގައިވެސް އެ މޮޅާއެކު އުފާފާޅުކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ސޯޝަލް މީޑިއާގެ މަންޒަރުތައް ފެންނަ ގޮތުގައި އިޒްރޭލުގެ ލާއިންސާނީ ޖަރީމާތަކުން ސުންނާފަތިކޮށްލާފައިވާ ފަލަސްތީނު ގައްޒާގެ މަގުތަކުގައިވެސް މިސްރުގެ މޮޅާއެކު އުފާފާޅުކޮށްފައިވެއެވެ. އަދި އެ އުފާފާޅުކުރުންތަކާއެކު މިސްރުގެ ދިދަ ވިހުރުމާއެކު ފަލަސްތީނުގެ މިނިވަން ކަމަށްވެސް ގޮވާލާފައިވެއެވެ.
މުހައްމަދު ސަލާހާއި އޮމަރް މާމޫޝް ފަދަ ތަރިންތަކެއް ހިމެނޭ މިސްރުގެ ގައުމީ ފުޓުބޯޅަ ޓީމަކީ އެފްރިކާ ބައްރުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. "ދަ ފެރޯސް"ގެ ނަމުން މަޝްހޫރުވެފައިވާ މި ޓީމަކީ މުޅި އެފްރިކާގެ ފަހުރެކެވެ. ބައިނަލްއަގުވާމީ މައިދާނުގައި މިސްރުން ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް