ރާއްޖޭގެ ސްކޫލްތަކުގެ އެކި ކީ ސްޓޭޖްތަކުގައި ކިޔަވާ ދަރިވަރުންނާއި، މި ފަހުން އޯލެވެލް އިމްތިހާނު ނިންމި ދަރިވަރުންގެ ނަތީޖާ ހިސާބު މާއްދާއިން ވަރަށް ދަށްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް ނެރުމުގެ ރަސްމިއްޔާތުގައިގައި ވާހަކަދައްކަވަމުން ޝަފީއު ވިދާޅުވީ ކީސްޓޭޖް 1 އަކުން ފެށިގެން އޯލެވެލްއާ ހަމައަށް ކުރިއަށްގެންގޮސްފައިވާ އެކި އެސެސްމަންޓުތަކުން ހިސާބު މާއްދާގެ ނަތީޖާ ދަށްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ކީ ސްޓޭޖް 3 ގައިވެސް ފެނިގެން މި ދިޔައީ ހަމަ ދަށްކަން. އެއާއެކު އައިޖީސީއެސްއީ އަދި އޯލެވެލްގެ ނަތީޖާއަށް ބަލާއިރުވެސް ހިސާބު މާއްދާގެ ނަތީޖާ ދަށް." ޝަފީއު ވިދާޅުވިއެވެ.
އެ މައުލޫމާތުތައް ޓީޗަރުންނާއި، ޕްރިންސިޕަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާވެސް ހިއްސާކޮށްފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދަރިވަރުންގެ ފެންވަރު ދަށްވަމުންދާ މައްސަލައަކީ ތައުލީމީ ދާއިރާގައި މިވަގުތު އޮތް ބޮޑު ކަންބޮޑުވުމެއްކަމަށް ޝަފީއު ވިދާޅުވިއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުން ކަމަށާއި އެގޮތުން ހިސާބު ޓީޗަރުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ކީސްޓޭޖް 1 ގެ މަންހަޖަށް ގެންނަ ބަދަލުތަކާއެކު ހިސާބު މާއްދާއަށް ކަނޑައަޅާފައިވާ ވަގުތު އިތުރުކުރުމަށް ވަނީ ނިންމާފައިކަމަށް ޝަފީއު ވިދާޅުވިއެވެ.
މީގެ އިތުރުން، ދަރިވަރުން ހިސާބު މާއްދާއަށް ޝައުގުވެރިވާނެ ފަދަ ގޮތަކަށް ފޮތްތައް އަލުން އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ދަރިވަރުންގެ ނަތީޖާއަށް ރަނގަޅު ބަދަލެއް އަންނާނެކަމަށް އުއްމީދު ކުރައްވާކަމަށް ޝަފީއު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
ކޮމެންޓް