އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓު ކުރާ ޕެޓްރޯލާއި ޑީސަލުން ނަގަމުން އައި ޓެކުހުގެ ބާވަތެއް ކަމަށްވާ "ރޯޑް އެންޑް އިންފްރާސްޓްރަކްޗާ ސެސް" (އާރުއައިސީ) ކަނޑާލަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އިންޑިއާގެ ގެޒެޓުގައި މިދިޔަ އަންގާރަ ދުވަހު ޝާއިއުކުރި ލިޔުމުގައިވާ ގޮތުން އާރުއައިސީ ކަނޑާލަނީ އިންޑިއާގެ ސަރުކާރު ހިއްސާވާ ތެޔޮ ކުންފުނިތަކުން އެކްސްޕޯޓު ކުރާ ތެލުންނެވެ.
އެ ލުއި ރާއްޖޭގެ އިތުރުން މޮރިޝަސްއަށްވެސް ދޭން ނިންމާފައިވާ ކަމަށް އިންޑިއާއިން ބުންޏެވެ.
ރާއްޖެއިން އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ އޮމާނާއި އަރަބި ބައެއް ގައުމުތަކުގެ އިތުރުން ސިންގަޕޫރުންނެވެ. އިންޑިއާއިން އާންމު ގޮތެއްގައި އެތެރެކުރަނީ ކާޑުގެ ބާވަތްތަކެވެ.
އިންޑިއާގެ ލުއާއެކު، އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ހެޔޮވާނެ އެވެ.
އަލީ ޔާމިން
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް