ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ކޯލް ސެންޓަރު އައްޑޫސިޓީގައި ގާއިމްކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

އެ އިދާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެންސްޕާ އައްޑޫ އޮފީހުގައި ކޯލް ސެންޓަރު ގާއިމްކޮށް މިއަދު ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

އަދި މިއަދުން ފެށިގެން އެންސްޕާގެ ކޯލް ސެންޓަރުގެ ހިދުމަތް ދޭ ގަޑިތައް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ހަފުތާގެ ހަ ދުވަހު (ހޮނިހިރު - ބުރާސްފަތި) ހެނދުނު 8:00 އިން ރޭގަނޑު 10:00 އާއި ހަމައަށް ލިބެން ހުންނާނެ ކަމަށެވެ.

އެންސްޕާގެ ކޯލް ސެންޓަރުގެ ހިދުމަތް ކުރިން ދެނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް އަށެވެ.

އެންސްޕާއިން ބުނީ މި ގެނެވުނު ބަދަލަކީ އެންސްޕާގެ ހިދުމަތްތައް ހޯދާ ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއިއެކު ހިދުމަތްތަކުގެ މައުލޫމާތާއި އެހީތަކުގެ އަދާހަމަ ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.