މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް 25000 ރުފިޔާގެ ގްރޭންޑް ޕްރައިޒެއް ހިމެނޭ ގޮތަށް އަގުހުރި ގިނަ އިނާމުތަކެއް ލިބިގެންދާނެ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭ އިން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ނަސީބުވެރި އެއް ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި 25000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެކްސްޕޯ އޮންނަ ކޮންމެ ދުވަހަކު ފަސް އައިޕެޑާއި 5000 ރުފިޔާގެ ހަނދާނީ ނޫޓުގެ ހަތް ނޫޓު ލިބޭނެއެވެ.
އިތުރު އިނާމުތަކުގެ ތެރޭގައި ދެ މެކްބުކް ނިއޯ އާއި ދެ އެޕަލް އިއާޕޮޑާއި ހޯރަފުށީ އަރައިކު ބީޗް ވިލެޖްގައި ދެ މީހަކަށް ތިން ރޭގެ ފުލްބޯޑު ޕެކޭޖެއް ހިމެނެއެވެ. އަދި 5000 ރުފިޔާގެ ތިން ގިފްޓް ކާޑާއި 1000 ރުފިޔާގެ 12 ގިފްޓް ކާޑާއި 500 ރުފިޔާގެ 36 ގިފްޓް ކާޑުވެސް ހިމެނެއެވެ.
ރާއްޖޭގައި ބާއްވާ މާލީ ދާއިރާގެ އެންމެ ބޮޑު މި އެކްސްޕޯ އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ޖުލައި 2 އިން 4 އަށެވެ.
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް