މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން މެދުކަނޑާލާފައި އޮތް އެމިރޭޓްސް އެއާލައިންގެ ރާއްޖެއާއި ސްރީ ލަންކާގެ ކޮލަމްބޯއާ ދެމެދު ކުރާ ދަތުރުތައް ހަތަރު މަސް ދުވަހަށްފަހު އަލުން ފަށައިފިއެވެ.
އެ ދަތުރުތައް ހުއްޓާލަން ޖެހުނީ ފެބްރުއަރީ މަހުގެ ފަހުކޮޅު މެދުއިރުމަތީގައި ފެށުނު ހަނގުރާމަވެރި ހަމަނުޖެހުންތަކުގެ ސަބަބުންނެވެ. އެ ދުވަސްވަރު އީރާން، އިރާގު، އިޒްރޭލް އަދި ޖޯޑަންގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމާ ގުޅިގެން، ދަތުރުފަތުރުގެ މުޅި ނެޓްވޯކަށް ބޮޑެތި ބުރޫތަކެއް އެރިއެވެ. އެ ހާލަތުގެ ސަބަބުން އެމިރޭޓްސްއިން އެކަނިވެސް ފެބްރުއަރީ 28 އިން ފެށިގެން މާރިޗު މަހުގެ މެދަކާ ހަމައަށް ތާވަލުކުރި ފްލައިޓްތަކުގެ 54 ޕަސަންޓް (2,000 އަށްވުރެ ގިނަ ފްލައިޓް) ކެންސަލްކުރަން ޖެހުނެވެ. ހަމަނުޖެހުންތަކުގެ ތެރޭގައި ޔޫއޭއީގެ ވައިގެ ސަރަހައްދުވެސް ބަންދުކުރަން ޖެހުނުއިރު، ޑްރޯންއާއި މިސައިލްގެ އިންޒާރުތަކާ ހުރެ ބައެއް ބޯޓުތައް ވައިގެ ތެރޭގައި ތިއްބާ ކުއްލި ގޮތަކަށް އަނބުރާލަން ޖެހުނު ހާދިސާތައް ވެސް ހިނގާފައިވެއެވެ.
މުޅި މެދުއިރުމަތީގެ އެއާޕޯޓުތަކުން އެ ސަބަބާ ހުރެ 30,000 އަށްވުރެ ގިނަ ފުލައިޓް ކެންސަލްވިއެވެ. އެމިރޭޓްސްގެ އިތުރުން ސަރަހައްދީ އެހެން އެއާލައިންތަކަށްވެސް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރިއެވެ. އެގޮތުން ގަތަރު އެއާވޭސްގެ 93 ޕަސަންޓް އަދި އިއްތިހާދު އެއާވޭސްގެ 79 ޕަސަންޓް ފުލައިޓް އެ ދުވަސްވަރު ކެންސަލްކުރަން ޖެހުނެވެ.
ނަމަވެސް ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނާތީ އެމިރޭޓްސްއިން މިހާރު ވަނީ ދުނިޔޭގެ 110 އަށްވުރެ ގިނަ މަންޒިލަށް ކުރާ ދަތުރުތައް އިއާދަކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖެއާއި ކޮލަމްބޯއާ ދެމެދު ކުރާ ދަތުރުތައްވެސް ހިމެނެއެވެ.
މުހައްމަދު އިޝާން
އެމިރޭޓްސް
އެމިރޭޓްސް
އެމިރޭޓްސް
ކޮމެންޓް