މާލެ އާއި ހުޅުމާލޭގައި މަތީ ސާނަވީއަށް ހާއްސަ ކޮށްގެން ހިންގާ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކޮށްފިއެވެ.
ސީއެޗްއެސްއީން އެ ބަދަލު ގެނެސްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ. އެ ބަދަލު ގެނެސްފައިވަނީ އޭ ލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ.
ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީއަށް މި އަހަރު އަލަށް 830 ދަރިވަރުން ގްރޭޑް 11 އަށް އިތުރުވުމާއެކު، އެ ސްކޫލުގެ ދަރިވަރުންގެ އާބާދީ ވަނީ 2،000 އަށް އަރައިފައެވެ. މާލޭ ސީއެޗްއެސްއީގައި މިހާރު 1،237 ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ.
މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންގެ އަދަދު މިހާ އިތުރުވެފައިވަނީ، ވީހާވެސް ގިނަ ކުދިންނަށް އޭ ލެވެލްގެ ފުރުސަތު ދިނުމަށްޓަކައި މިދިޔަ އަހަރު އުސޫލަށް ގެނައި އިސްލާހާއެކުގައެވެ. އެ އިސްލާހުގެ ދަށުން، އޯލެވެލް ނުވަތަ ބީޓެކް އިމްތިހާނުން ތިން މާއްދާއާއި ފަސް މާއްދާއާ ދެމެދުގެ އަދަދަކަށް ފާސްވާ ދަރިވަރުންނަށްވެސް މިހާރު ގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު ލިބެއެވެ.
ހުޅުމާލޭގައި ސީއެޗްއެސްއީގެ އާ އިމާރާތް ހުޅުވުމާއެކު، މާލޭގައި ހުރި ބާ އިމާރާތް ކުރިން ބަންދުކުރި ނަމަވެސް، ޖާގައިގެ ދަތިކަން ހައްލުކޮށް ގިނަ ކުދިންނަށް ކިޔެވޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ވަނީ އެތަން އަލުން މަރާމާތުކޮށް ހުޅުވައިފައެވެ.
މުހައްމަދު އިޝާން
ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)
ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)
ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)
ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)
ކޮމެންޓް