މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލަން ހަދާ ތިލަމާލެ ބުރިޖުން ޓޯލް ފީ ނެގުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސިނަމާލެ ބްރިޖުން ޓޯލްފީއެއް ނެގުމަށްޓަކައި ވަރަށް ބޮޑަށް ދިރާސާކޮށް މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް ފަހުން ނުނަގަން ނިންމެވީ ކަމަށާއި މިދިޔަ ސަރުކާރުން ވެސް އަމަލު ކުރީ އެ ނިންމުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތިލަމާލެ ބްރިޖުން ޓޯލްފީއެއް ނަގަން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށާއި އެކަމާ ގުޅޭ އެއްވެސް ދިރާސާއެއް ހަދާފައިވެސް ނުވާނެ ކަމަށެވެ.
"ދެން އެ ނިންމުން މިދިޔަ ސަރުކާރުން ވެސް ދެމެހެއްޓީ އަދި އަޅުގަނޑުމެން ވެސް މިކުރިއަށް ގެންދަނީ. އަދި އަޅުގަނޑުމެން މިހާރު އެ ހަދަމުންދާ ބްރިޖުގެ ޓޯލް ފީ ނަގާނެތޯއެއް މަޝްވަރާއެއް ނުކުރަން. އެކަމާ ގުޅޭ އެއްވެސް ކަހަލަ ކަމެއް އަދި ދިރާސާއެއް ވެސް ނުހަދަން،" ރައީސް ވިދާޅުވިއެވެ.
ތިލަމާލެ ބުރިޖުގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް ވެސް ވަނީ 2025 އޭޕްރީލް މަހު ބަހައްޓައިފައެވެ. ބުރިޖުގެ ތަނބުގެ ބައިގެ ދިގުމިނުގައި 8.23 މީޓަރު އަދި ފުޅާ މިނުގައި 25.37 މީޓަރު ހުންނަ މި ސެގްމަންޓުގެ ބަރުދަނުގައި 216.04 މެޓްރިކް ޓަނެވެ.
ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
އެ މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.
މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތަކެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ތިލަމާލެ ބުރިޖު
ތިލަމާލެ ބުރިޖު
ތިލަމާލެ ބުރިޖު
ތިލަމާލެ ބުރިޖު
ކޮމެންޓް