ސަރުކާރުން އަލަށް ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި ހަދާ ފްލެޓްތައް 2028 ގެ މެދު ތެރޭގައި ނިންމައިލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ އެކަމަކީ މީގެކުރިން އެއްވެސް ސަރުކާރަކަށް ކުރެވިފައިވާ ކަމެއް ނޫން ކަމަށެވެ.
"މީގެކުރިން އެއްވެސް ސަރުކާރަކަށް ސަރުކާރުގެ ދައުުރުތެރޭގައި ހައުސިން ޕްރޮޖެކްޓްތައް ނިންމައި އެ ފްލެޓްތަކަށް ނޫނީ ހައުސިންތަކަށް މީހުން ވެއްދިފައެއް ނެތް. މިބަލަނީ އެކަން ބަދަލުކުރެވޭތޯ، އިރާދަކުރެއްވިއްޔާ 2028ގެ މެދަކާ ހަމައަށް ދާއިރު މީގެތެރެއިން ވަރަށް ބޮޑު އިންސައްތައެއް ނިމެނޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބައެއް ރަށް ރަށުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް އޭގެކުރިން ވެސް ނިންމާލެވޭނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ފަހުކޮޅަށް ނިންމާލެވޭނެ ޕްރޮޖެކްޓްތަކެއް ހުރިކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސްވަނީ ހައުސިން ޕްރޮޖެކްޓްތަކުގެ އަމަލީ ގިނަ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދާތަން ފެންނާނެ ކަމަށެވެ.
އަދި ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިންމައި، އެތަނުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދިނުމުގެ މަސައްކަތްވެސް މި ދައުރުގެ ތެރޭގައި ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވެރިކަމާ ހަވާލުވިއިރު ދޭން ނިންމާފައިވާ ގޯތިތައް ދިނުމުގެ މަސައްކަތްވެސް ނިމެމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.
ހައުސިން ޕްރޮޖެކްޓްތަކަކީ ސަރުކާރުން އެންމެ ހާއްސަކަމެއްދޭ ޕްރޮޖެކްޓްތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެފޯޑަބަލް ހައުސިން ސްކީމްގެ ތެރެއިން ލޯނުތައް ދޫކޮށްފައިވާ ކަމަށެވެ. އަދި އިތުރު ފަންޑުތައްވެސް ބޮޑުކޮށް ގިނަ ލޯނުތައް ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް