އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތަސްވީރު ހިމެނޭ ހާއްސަ ޕާސްޕޯޓެއް ނެރެން އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން ނިންމައިފިއެވެ. މިއީ އެމެރިކާގެ ތާރީހުގައި ދުނިޔޭގައި ހުންނެވި ރައީސެއްގެ ތަސްވީރު ރަސްމީ ދަތުރުފަތުރުކުރާ ލިޔުމެއްގައި ހިމަނާ ފުރަތަމަ ފަހަރެވެ.
އަންނަ ޖުލައި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ވޮޝިންޓަން ޕާސްޕޯޓް އޭޖެންސީން ދޫކުރަން ހަމަޖެހިފައިވާ މި ލިމިޓެޑް އެޑިޝަން ޕާސްޕޯޓުގެ އެތެރޭގައި ޓްރަމްޕްގެ ތަސްވީރެއްގެ އިތުރުން، ރަން ކުލައިން އޭނާގެ ސޮއި ހިމަނާފައިވެއެވެ. އަދި އޭގެ ފަހަތުގައި އެމެރިކާގެ މިނިވަންކަމުގެ ގަރާރުގެ ލިޔުންތައް ހިމަނާފައިވާއިރު، ޖެހިގެން އޮންނަ ގަނޑުގައި އެ ގައުމުގެ ބާނީން މިނިވަންކަމުގެ ގަރާރުގައި ސޮއިކުރައްވާ މަންޒަރު ދައްކުވައިދޭ ކުރެހުމެއް ހިމަނާފައިވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން، މި ހާއްސަ ޕާސްޕޯޓުގެ 25،000 އާއި 30،000 އާ ދެމެދުގެ އަދަދެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅޭގޮތުން ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވި ގޮތުގައި، މި ޕާސްޕޯޓަކީ އެމެރިކާ އުފެދިގެން އައި ގޮތާއި އެ ގައުމުގެ ރައީސަށް ނިސްބަތްކޮށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ. މިއީ ސަލާމަތީ ގޮތުން އެންމެ ވަރުގަދަ ފިޔަވަޅުތައް ހިމެނޭ ގޮތަށް، ހާއްސަ ކުރެހުންތަކަކާއެކު ފަރުމާކޮށްފައިވާ ޕާސްޕޯޓެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ވައިޓް ހައުސްއިން މި ޕާސްޕޯޓަށް ދީފައިވާ ނަމަކީ “ޕޭޓްރިއަޓް ޕާސްޕޯޓް” އެވެ.
ޓްރަމްޕް ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި މި ޕާސްޕޯޓުގެ ފަރުމާ އާންމުކުރައްވައި، މިއީ އެމެރިކާގެ އާ ޕާސްޕޯޓު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ސިޔާސީ ދިރާސާކުރާ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުން އަންނަނީ މި ނިންމުމަށް ފާޑުކިޔަމުންނެވެ.
އެ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ރަސްމީ ލިޔެކިޔުންތައް ސިޔާސީކޮށް، ދައުލަތުގެ މުއައްސަސާތަކުގައި ޓްރަމްޕްގެ ނަންފުޅާއި ތަސްވީރު ބޭނުންކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ. އަދި މިއީ ރަސްކަމެއްގެ ސިފަތަކާ ވައްތަރު އަމަލެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.
މި ހާއްސަ ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ވޮޝިންޓަންގައި ހުންނަ ޕާސްޕޯޓް އޮފީހަށް ހާޒިރުވެގެން ހުށަހަޅާ ފަރާތްތަކަށެވެ. އޮންލައިންކޮށް ނުވަތަ އެހެން އޮފީސްތަކުން ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ލިބޭނީ އާންމުކޮށް ދޫކުރާ ޕާސްޕޯޓު ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ހާމަކޮށްފައެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް