އދ. ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓި ކުޑަކުއްޖަކު މަރުވި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އދ. ހަންޏާމީދޫ ބަނދަރު ސަރަހައްދުގައި އޮތް ބަގީއެއް ދުއްވި 14 އަހަރުގެ ކުއްޖަކު ބަގީއާއެކު މޫދަށް ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ، އިއްޔެ ހަވީރު 5:10 ހާއިރު ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ތަޅުދަނޑި ޖަހާފައި އޮތް ބަގީއަކަށް އެ ކުއްޖާ އަރައި، އެ ދުއްވުމުގެ ސަބަބުން ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ވަގުތު އެ ސަރަހައްދުގައި ތިބި އާންމުން، ބަގީ ހިފަހައްޓައި ކުއްޖާ މޫދަށް ވެއްޓުނަ ނުދިނުމަށް މަސައްކަތްކޮށްފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ހާދިސާ ހިނގުމާއެކު، އެ ސަރަޙައްދުގައި ތިބި އާންމުން އެ ކުއްޖާ މޫދުން ނަގައި، ވަގުތުން ހަންޏާމީދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އެ ކުއްޖާ މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. އެ ކުއްޖާގެ ޖަނާޒާ ރޭ 12 ޖެހިއިރު ވަނީ ބާއްވައިފައެވެ.
އިބްރާހިމް ޒަކީ
މަރު
މަރު
މަރު
ކޮމެންޓް