ފަންސާސް ފުޑް ސްޓޯލާއެކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މޯލްޑިވްސް ފައިނޭންސިން އެކްސްޕޯ 2026 ބާއްވަން ނިންމައިފިއެވެ.
އެމްއެމްޓީވީގެ މިއަދުގެ އަދާހަމަ ޕްރޮގްރާމްގައި އެމްއެމްއޭގެ ފައިނޭޝަންލް ސެކްޝަންގެ ޑެޕިއުޓީ މެނޭޖަރު ތޯއިފް އަހުމަހު ރުޝްދީ ވިދާޅުވީ "މޯލްޑިވްސް ފައިނޭންސިން އެކްސްޕޯ 2026"ގެ އިވެންޓް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުދަސަކީ ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން ރާއްޖެއިން ލިބެން ހުރި ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ އަދި މާލީ އެހީ ފޯރުކޮށްދޭ ފަރާތްތަކާއި އާންމު ރައްޔިތުންނާ އެއްތަނަކުން ދިމާވެ، ހިދުމަތްތައް ހޯދާ، މައުލޫމާތު ފޯރުކޮށްދެވޭނެ މާހައުލެއް ގާއިމްކުރުން ކަމަށެވެ.
ފަންސާސް ފުޑް ސްޓޯލާއެކު، މި އެކްސްޕޯ ބޭއްވުުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުން އެ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އެކްސްޕޯ އޮންނަނީ ކޮންމެ ދުވަހެއްގެ 15:00 އިން 22:00 އަށެވެ.
ތިނެއް ޖުލައި ވާ ހުކުރު ދުވަހު ކުޑަދިންނަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އެގޮތުން އެ ދުވަހު 16:00 އިން 18:00 އަށް ކުޑަކުދިންނަށް މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއެކީ، އެ ކުދިންނަށް މާލީ ކަންކަމާގުޅޭ މައުލޫމާތުތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރުޝްދީ ވިދާޅުވިއެވެ.
"މި އެކްސްޕޯގައި އެސްޒެބިޓާސްގެ ގޮތުގައި ބައިވެރިވާނީވެސް، އެ ހިދުތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވޭނެ ފަރާތްތައް. މި އެސްޕޯގައި ހާއްސަ ޕެނަލް ޑިސްކަޝަންސް ތަކެއް ވެސް ކުރިޔަށް ގެންދަން ނިންމާފައިވަނީ. އެކްސްޕޯގައި އިންޓްރެކްޓިވް ހަރަކާތްތަކެއްގެ ތެރެއިން އިނާމު ދިނުމަށް ވަނީ ހަމަޖެހިފައި. އޭގެ ތެރޭގައި އެމްއެމްއޭގެ ގިފްޓްސް ކާޑުތަކާއި އައިޕެޑް ހިމެނޭ. އަދި އެކްސްޕޯގައި ބައިވެރިވާ އެކްޒެބިޓާސްއިން ވަނީ އަގުހުރި އިނާމުތަށް އެ ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައި. އަދި އެކްޒެބިޓާސްގެ ސްޓޯލްތަކުުގައި ބައިވެރިވެގެންވެސް އިނާމު ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައި،" ރުޝްދީ ވިދާޅުވިއެވެ.
ރުޝްދީ އިތުރަށް ވިދާޅުވީ އެކްޒެބިޓާސްގެ ގޮތުގައި މަތީތައުލީމު އުނގަންނައިދޭ ފަރާތްތައް ހިމެނޭ ކަމަށާއި އޭގެތެރޭގައި އެމްއެންޔޫ، ކްލިކް ކޮލެޖު އަދި މެޕްސް ކޮލެޖު ހިމެނޭ ކަމަށާއި މި އެކްސްޕޯގައި އާންމުންނަށް އިތުރު ހިދުމަތްތައް ތައާރަފް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ މަގު ފަހިކޮށްދޭވޭނެ ކަމަށެވެ.
މިއީ އެމްއެމްއޭގެ ތިން ވަނަ އެކްސްޕޯއެވެ. މީގެ ކުރިން 2015 ގައި އަދި 2017 ގައި ހައުސިންގް ފައިނޭސްސިންއަށް ލިބެން ހުރި ފުރުސަތުތަކަށް ފޯކަސް ކޮށްގެން އެމްއެމްއޭއިން އެކްސްޕޯތައް ކުރިޔަށް ގެންގޮސްފައިވެއެވެ.
ފާތިމަތު ލިއުޝާ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް