ވެމްކޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ނާސިފް (ޑީޑީ)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑު މެންބަރުކަމަށް މިއަދު އައްޔަން ކުރައްވައިފިއެވެ.

ނާސިފަކީ ދައުލަތުގެ އެކި ކުންފުނިތައް ހިންގުމުގައި ބޮޑު ތަޖުރިބާއެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.

ވެމްކޯގެ ޗެއާމަންގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުގައެވެ. އަދި އޭގެ ކުރިން ރީޖަނަލް އެއާޕޯޓްސްގެ ޗެއާމަންކަމާއި، 2018 ވަނަ އަހަރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަންވެސް އޭނާ ކުރެއްވިއެވެ.

މީގެއިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތިލަފުށި ކޯޕަރޭޝަނާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯންގެ އެމްޑީކަންވެސް ނާސިފް ވަނީ ފުރުއްވާފައެވެ.