ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އަށް ސައިން-އަޕް ކޮށްގެން ޕްލޭސްޓޭޝަން 5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގުން ބުނިގޮތުގައި މިއީ ގޭމް ކުޅުންތެރިންނަށް އެންމެ ފަހުގެ ޕްލޭސްޓޭޝަނަށް އަޕްގްރޭޑްކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.

މި އަހަރުގެ ސެޕްޓެންބަރު މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އަގުހުރި ލަކީ ޑްރޯގައި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ. ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް މުޅިން އާ ޕީއެސް5 ޕްރޯއެއް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތްތައް ދިރާގުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލަކީޑްރޯގައި ބައިވެރިވުމަށް:

  • 1- ޑީޖީޖީއަށް ސައިން-އަޕް ކުރުން: https://dgg.mv/sign-up
  • 2. އަމިއްލަ ނަންބަރު ވެރިފައިކުރުމަށްފަހު ޔޫޒަރ-ނޭމް އަޕްޑޭޓްކުރުން

ޑީޖީޖީ އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ދިވެހި ގޭމަރުންނަށް އެންމެ ފަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދެމުންނެވެ. އަދި، ޑީޖީޖީއިން އަންނަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމިން ހުނަރު އިތުރުކުރުމަށް ގިނަ ފުރުސަތުތަކެއް ހޯދައިދެމުންނެވެ.