ހުޅުމާލޭގައި ހުންނަ ފުލެޓެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖާ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އަމާން ދޯދި 5ގެ ދެވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިފައިވާ ކަމަށް ރޭގެ 11:14 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އަދި ފަހުން އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.
އައިޖީއެމްއެޗްއިން މިއަދު "ވަން" އަށް ބުނީ ހުޅުމާލެއިން އައިޖީއެމްއެޗްއަށް އިތުރު ފަރުވާއަށް ގެނައި 16 އަހަރުގެ ފިރިހެން ކުއްޖަކަށް މިހާރު ވެންޓިލޭޓަރުގައި ފަރުވާދެމުންގެންދާ ކަމަށެވެ. ނަމަވެސް އެ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ފާތިމަތު ލިއުޝާ
އައިޖީއެމްއެޗް
ކޮމެންޓް