ޓްރާންސްޕޯޓު މިނިސްޓްރީގައި ހުރި މައްސަލަތަކާ ގުޅިގެން ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު، ކެޕްޓަން މުހައްމަދު އަމީން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް ހިމެނޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ މައްސަލަތަކާބެހޭ ޝަކުވާތަކެއް ރައްޔިތުން ހުށަހަޅަމުން އަންނަ ކަމަށް ވިދާޅުވެ، އެކަންކަން އޮޅުން ފިލުވުމަށް މިނިސްޓަރު ކޮމިޓީއަށް ހާޒިރު ކުރަން ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ.
ތާއީދު ކުރެއްވީ ވެރިކަން ކުރާ ޕީއެންސީގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހިމެވެ. މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރަން ފާސްކުރީ އެވަގުތު ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެގޮތަށް ފާސްވުމާ ގުޅިގެން ކޮމިޓީގެ މުގައްރިރު ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ، ގިނަ މެންބަރުންގެ ވިސްނުން ހުރީ މިނިސްޓްރީގެ މައްސަލަތަކާބެހޭގޮތުން ސިޓީއެއް ފޮނުވައިގެން މައުލޫމާތު ސާފު ކުރުމަށްފަހުގައި ކަމަށްވާތީ އެކަން އެގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު