ގާނާގެ ތަރި ތޯމަސް ޕާޓޭއަށް ކެނެޑާއަށް އެތެރެ ނުވެވުމުގެ ސަބަބުން ފުރަތަމަ މެޗު ގެއްލޭ ނަމަވެސް، އެކަމަށް ދެން އިތުރަށް ވަކި އެއްޗެއް ބުނަން ނެތް ކަމަށް ކޯޗު ކާލޯސް ކޭރޯޒް ބުނެފިއެވެ.

ޕާޓޭ، 32 ގެ މައްޗަށް ރޭޕްގެ ތުހުމަތުތަކެއްގެ އިތުރުން ޖިއްސާ ގޯނާގެ ތުހުމަތެއް 2020 ވަނަ އަހަރުން 2022 ވަނަ އަހަރާ ހަމައަށް ހަތަރު އަންހެނަކު ވެގެން ކޮށްފައިވެއެވެ. އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރުވެސް ކޮށްފައެވެ. އަދި އޭގެން އެއްވެސް މައްސަލައެއް ސާބިތުވެފައެއްވެސް ނުވެއެވެ.

އެހެން ނަމަވެސް ހަބަރުތައް ބުނީ ވިސާ ނުލިބުނީ، އެ މައްސަލައިގެ ސަބަބުން ކަމަށެވެ. ގާނާގެ ފަރާތުން އެ މައްސަލައިގައި އިސްތިއުނާފުކުރަން ކޯޓަށް ހުށަހެޅި ނަމަވެސް، ކޯޓުން ނިންމީ ގާނާއާ ދެކޮޅަށެވެ. ކޯޓުން ނިންމީ ކެނެޑާގެ ނިންމުން ދަމަހައްޓާށެވެ.

"އަހަރެންގެ ޕްލޭން އޮތީ މާކުރިން ނިންމާފައި. (ޕާޓޭގެ މައްސަލައިގައި) ދެން އިތުރަށް ބުނާނެ އެއްޗެއް ނެތް. އެއީ މިހާރުވެސް އޮޅުން ބޮޅުންވެފައި އޮތް ކަމެއް. ދެން އެކަމަށް އަހަރެން ކީކޭ ބުނާނީ،" ކޭރޯޒް ހިތްހަމަ ނުޖެހިފައި ހުރެ ބުންޏެވެ.

އުމުރުން 73 އަހަރުގެ ކޯޗު ކޭރޯޒް ވަނީ ގާނާގައި މިހާރު ލިބެން ތިބި ކުޅުންތެރިންނަށް ވާހަކަ ދައްކަން ޕްރެސްގައި ބުނެފައެވެ. އެއީ އިތުރު ވާހަކަތައް ދައްކަން ބޭނުން ނުވާތީއެވެ. އެފްރިކާގެ ވަރުގަދަ ގައުމެއް ކަމަށްވާ ގާނާއާ ދެކޮޅަށް މިރޭ ނުކުންނަ ޕެނަމާއާ ގުޅޭ ގޮތުން ވާހަކަ ދައްކައިފައެވެ. 2018 ވަނަ އަހަރު ޕެނަމާ ވޯލްޑް ކަޕްގައި ކުޅެފައިވާ އިރު، ކޭރޯޒް ބުނީ އެއީ އޮގަނައިޒް، ވަރުގަދަ ގައުމެއް ނަމަވެސް ބަލިފައި އެނގޭ ކަމަށެވެ.