މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 2.7 ބިލިޔަން ރުފިޔާ ލިބިއްޖެއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 2.7 ބިލިޔަން ރުފިޔާ ލިބިފައިވާ އިރު، އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު 2.1 ބިލިޔަން ރުފިޔާއާ އަޅައި ބަލާއިރު، 28.5 ޕަސަންޓުގެ އިތުރުވުމެކެވެ.
އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ދައްކާފައިވާ ޓެކުހެވެ. އެގޮތުން، އެ ފަރާތްތަކުން 1.3 ބިލިޔަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު، 8.3 ޕަސަންޓުގެ އިތުރުވުމެކެވެ.
މީގެ އިތުރުން، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ އަދި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުން 735 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަމިއްލަ ފަރުދުންގެ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 214 މިލިޔަން ރުފިޔާ ލިބިފައިވާ އިރު، ބޭންކްތަކަށް ލިބޭ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 490 މިލިޔަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ. ބޭންކްތަކުން ލިބުނު ޓެކްސް އާމްދަނީގައި މިދިޔަ އަހަރާ އަޅައި ބަލާއިރު، 208 ޕަސަންޓުގެ ބޮޑު ކުރިއެރުމެއް ވަނީ ފެނިފައެވެ.
އިންކަމް ޓެކުހަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ޓެކުހެކެވެ. މި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާފައިވަނީ 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ. އޭގެ ފަހުން، 1 އެޕްރީލް 2020 އިން ފެށިގެން އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ވަނީ ފަށައިފައެވެ. ގާނޫނުގައިވާ ގޮތުން، ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުން ރާއްޖެ އާއި ރާއްޖެއިން ބޭރުން ލިބޭ އާމްދަނީން ޓެކްސް ދައްކަން ޖެހޭ އިރު، ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ އަދި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުން ޓެކްސް ދައްކަން ޖެހޭނީ ހަމައެކަނި ރާއްޖެއިން ލިބޭ އާމްދަނީންނެވެ.
އަލީ ޔާމިން
އިންކަމް ޓެކްސް
އިންކަމް ޓެކްސް
އިންކަމް ޓެކްސް
ކޮމެންޓް