ނޯވޭއިން 28 އަހަރުފަހުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ އިރާގާ ދެކޮޅަށް ނުކުންނަ އިރު، އެންމެ ބޮޑު ޕްލޭނަކީ ޓީމުގެ ތަރި، މެންޗެސްޓާ ސިޓީގެ ފޯވަޑް އާލިން ހާލަންޑަށް ވީހާވެސް ގިނައިން ސަޕްލައި ކޮށްދިނުން ކަމަށް ކޯޗު ސްޓޯލޭ ސޫލްބާކެން ބުނެފިއެވެ.
ނޯވޭއިން އަހަރުތަކަކަށްފަހު ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ އިރު، އެޓީމުގެ ތަރި ހާލަންޑަކީ ކޮލިފިކޭޝަން ކެމްޕޭނުގެވެސް އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. އޭނާ ވަނީ ކޮލިފިކޭޝަން އަށް މެޗުގައި 16 ގޯލް ޖަހައިފައެވެ. އެއީ މުޅި ޔޫރަޕްގައިވެސް ތަފާތު ރެކޯޑެކެވެ. އެހެން ކުޅުންތެރިޔަކަށް އެއާ ގާތްކުރާ އަދަދަކަށްވެސް ގޯލް ޖެހިފައެއްް ނުވެއެވެ.
"އުންމީދުކުރަނީ ހާލަންޑްގެ ފަރާތުން ތަފާތު ފެންނާނެ ކަމަށް. އަހަރެމެން މި ޕްލޭން ކުރަނީ ހާލިންނަށް ވީހާވެސް ގިނަ ބޯޅަތައް ތަނަވަސްކޮށްދެވޭތޯ. އެއީ ލިބޭ ފުރުސަތުތަކުގައި ހާލަންޑަށް ޔަގީންކަން އޮންނާތީ،" ސޫލްބާކެން ޕްރި މެޗު ޕްރެސްގައި ބުންޏެވެ.
ސޫލްބާކެން އަކީ މީގެ ކުރިން ނޯވޭއަށް ކުޅުނު ކޯޗެކެވެ. އޭނާ ވަނީ ޕްރެސްގައި ކެޕްޓަން މާޓިން އޮޑިގާޑަށްވެސް ތައުރީފު ކޮށްފައެވެ. އޮޑެގާޑް އަނިޔާއަކަށްފަހު ފިޓްވެފައިވާ އިރު، އޭނާއަކީ ޔޫރަޕްގެ ކޮލިފިކޭޝަންގައި އެންމެ ގިނަ އެސިސްޓް ފުރިހަމަ ކުރި ކުޅުންތެރިޔާއެވެ.
ނޯވޭން މިރޭ އިރާގާ ދެކޮޅަށް ނުކުންނަ އިރު، ސޫލްބާކެން ބުނީ އިރާގު ފަސޭހަ ނުވާނެ ކަމަށެވެ. ހާއްސަކޮށް ދުވަސްތަކެއް ފަހުން އެނބުރި އައުމާއެކު ދެޓީމުގެވެސް ރޫހު ތަފާތުވާނެ ކަމަށް ސޫލްބާކެން ބުންޏެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް