ކުޅިވަރު ކުޅޭ ހުރިހާ މައިދާންތަކެއްގައި ނަމާދު ވަގުތުތަކުގައި ކުޅިވަރު ހަރަކާތްތައް ހުއްޓާލުމަށް ސްޕޯޓްސް މިނިސްޓްރީން އަންގައިފިއެވެ.
ސްޕޯޓްސް މިނިސްޓްރީން، ކުޅިވަރު އެސޯސިއޭޝަންތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ، ނަމާދަށް ގޮވާ ވަގުތުން ފެށިގެން 20 މިނެޓުގެ ވަގުތަކަށް ހުރިހާ ކުޅިވަރު ހަރަކާތްތަކެއް މެދުކަނޑާލަން ޖެހޭނެ ކަމަށެވެ. މިއީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކްލަބްތަކާއި، އެކަޑަމީތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގާ ހަރަކާތްތަކަށްވެސް އަމަލުކުރުން ލާޒިމު ސިޔާސަތެއްކަމަށް މިނިސްޓްރީން ބުންޏެވެ.
".އެހެންކަމުން ތިޔަ އެސޯސިއޭޝަންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެންމެހާ ހަރަކާތްތައް އިސްވެ ދެންނެވުނު ފަދައިން ނަމާދުވަގުތަށް މެދުކަނޑާލައި މިކަން ތަންފީޒުކުރަމުން ގެންގޮސްދެއްވުމަށް ދަންނަވަމެވެ" ސްޕޯޓްސް މިނިސްޓްރީން ބުންޏެވެ.
ރައީސް އޮފީހުގައި މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅެއް ވަންދެން ހުރިހާ ކުޅިވަރެއް މެދުކަނޑާލަން ޖެހޭގޮތް ހައްދަވާނެ ކަމަށެވެ.
"ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅެއް ވާންދެން ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލެވޭގޮތަށް، ވިއްސަަަކަށް މިނިޓް ނަމަވެސް ގެންނަން ޖެހޭ ބަދަލުތައް ގެންނާނަށް، މިފަދަ ކަންތައްތައް މިކުރަނީ އަޅުގަނޑުމެންގެ މުޖުތަައަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވެފައި އަޅުގަނޑުމެންގެ މުޖުތަމައުގައި އަމަލީގޮތުން ކަންކަން ތަންފީޒު ކުރެވިގެންދާން ޖެހޭނީ އަޅުގަނޑުމެންގެ މި ހަގީގަތުގެ މައްޗަށް ބިނާވެެގެންކަމަށް ގަބޫލުކުރެވޭތީ،" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާާޅުވެފައިވަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާއިރު، ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ކަންކަން ކުރަންވާނީ އިސްލާމް ދީނުގެ ހަމަތަކުގެމަތީން ކަމަށެވެ.
ނަމަވެސް ކުޅިވަރު ކުޅޭ ވަގުތުތަކުގައި ނަމާދު ގަޑި ގޮސް ނިމޭއިރު ވެސް ކުޅިވަރު ކުޅެން ތިބުމަކީ ޒަމާނުއްސުރެ އޮތް އާދައެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވެފައިވަނީ އެގޮތަށް ނަމާދު ކަޑި ނިމިގެންދާއިރު ކުޅިވަރުގައި ތިބުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށެވެ.
"އެއީ ގަސްތުގައި ކުރާކަމެއްވެސްނޫން، އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އާދަ، އެހެންވީމަ ކުރިއަށްއޮތްތަނުގައި އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރެވެމުން ގޮސް ވަކި ހިސާބަކަށް ތަންފީޒު ކުރުމާ ހަމައަށް ގެންދެވިފައިވަނީ ކުޅިވަރުގެ މައިދާނުގައި، މިސާލަކަށް ސަރުކާރުން އަޅާ އިމާރާތްތަކުގައި ސްޕޯޓްސް ކޮމްޕްލެކްސްތަކާއި އެކި ކަހަލަ ކުޅިވަރު އެކުވެނި، ތަންތަނުގައި ވުލޫކުރާ ތަނާއެކު ނަމާދު ކުރެވޭނެ ޒަމާނީ ފެސިލީތަކެއް ގާއިމްކުރަން،" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ ބައެއް ބާވަތްތަކުގެ ކުޅިވަރު އެކުވެނިތައް ގާއިމު ކުރަން ސްޕޯޓްސް މިނިސްޓްރީން މިހާރު އެކި ފަރާތްތަކާ ހަވާލުކޮށްފައިވާއިރު އެތަންތަނުގައިވެސް އެ ނިޒާމުތައް ގާއިމު ކުރާނެ ކަމަށެވެ. އޭގެ އިތުރުން މިހާރު ހުރި ކުޅިވަރު އެކުވެންޏާއި މާފަންނު ސްޓޭޑިއަމްގައި އެ ފެސިލިޓީތައް ގާއިމް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
ކޮމެންޓް