ހުޅުމާލޭގެ ފަޅުތެރެއިން 61 ޖަންބޯ ބޭގްގެ ކުނި ނަގައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އިން ބުނީ ހުޅުމާލެއަކީ ހިތްފަސޭހަ އަދި ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ ފަޅުތެރެއިން އިއްޔެ 61 ޖަންބޯ ބޭގްގެ ކުނި ނަގައިފައިވާ ކަމަށެވެ.
އޭގެ އިތުރުންވެސް ހުޅުމާލެ ތަރައްގީގެ މަސައްކަތުގެ ތެރެއިން ފޭސް 2 ބީޗު ސަރަހައްދަށް ވެލި އަޅައި ފަސްގަނޑު އެއްވަރު ކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ.
ހުޅުމާލެއަކީ ހިތްފަސޭހަ އަދި ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ފޭސް ދޭއްގެ ވިނަރެސް 9 ސަރަހައްދުގެ ޕާކު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް އެޗްޑީސީގެ ޓީމުން ފަށައިފައިވަނީ މިމަހުގެ އަށް ވަނަ ދުވަހުގައެވެ.
އެޗްޑީސީން ބުނީ އުންމީދަކީ އެ ސަރަހައްދުގެ ހިތްގައިމުކަން އިތުރުވެ، އާއިލާތަކަށް ހިތްފަސޭހަ ތަނަކަށް އެތަން ވެގެންދިއުން ކަމަށާއި އަދި ހުޅުމާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވެސް ހުޅުމާލެ ސާފު އަދި ރައްކާތެރި ތަނަކަށް ހެދުމަކީ އެ މުވައްސަސާގެ އަމާޒު ކަމަށެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
ކޮމެންޓް