މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓާޕްރައިޒަސް ކަމުގެ މަގާމަށް އައްޔަން ކުރެއްވި، ހަސަން ޒަރީރަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ޒަރީހަށް މަޖިލީހުގެ ރުންހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވުމުން އެ މައްސަލަ ދިރަސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުއްވިކަން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް ވަނީ އިއުލާން ކުރައްވައިފައެވެ.
ޓެކްސް ކޮމިޝަނަރަކަށް ހުންނަވަނިކޮށް މިމަހުގެ އަށްވަނަ ދުވަހު ފިނޭންސް މިިނިސްޓަރުކަމުގެ މަގާމަށް ޒަރީރު އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވީ މޫސާ ޒަމީރު ހަމަ އެދުވަހު އިސްތިއުފާ ދެެއްވުމާ ގުޅިގެންނެވެ.
ޒަމީރު އިސްތިއުފާދެއްވީ ސިއްހީ ހާލަތު ހުރިގޮތުން ކަަމަށް ވަނީ ވިދާޅުވެފައެވެ.
ފިނޭންސް މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމުން ޓެކްސް ކޮމިޝަނަރު ކަމުގެ މަގާމުން ޒަރީރު ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ފިނޭންސް މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށްފަހު، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްގެ މަގާމަށް، ވެސް ޒަރީރު ވަނީ އައްޔަން ކުރައްވައިފައެވެ.
ޒަރީރަށް މަޖިލީހުގެ ރުން އޮތްތޯ ވޯޓަށް އަހާނީ އެ މައްސަލަ ކޮމިޓީން ދިރާސާކޮށް، އެކަމާބެހޭ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވުމުންނެވެ.
އިބްރާހިމް ޒަކީ
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ކޮމެންޓް