ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު އެ ރަށަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ދެކަނބަލުންނަށް ހޫނު މަރުހަބާއެެއް ދަންނަވައިފިއެވެ.
އެގޮތުން، ރަށުގެ ބަނދަރު ސަރަހައްދަށް ކުދިބޮޑު ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ، ރައީސްގެ ދެކަނބަލުންނަށް އިސްތިގުބާލުކޮށްފައިވާއިރު ގިނަ ބަޔަކުވަނީ ފޮޓޯވެސް ނަގައިފައެވެ.
ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މީދޫއަށް ކުރައްވާ މި ދަތުރުފުޅަކީ، އެ ރަށު ކައުންސިލްގެ ގޮނޑި ޕީއެންސީގެ ކެނޑިޑޭޓު ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެ އުފަލުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ މީދޫގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް