ޑޮލަރު ކާޑުން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފުތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ.
ބީއެމްއެލްއިން މިއަދު ބުނީ ޑޮލަރު ޑެބިޓް ކާޑުން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފްތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަން ކުރިޔަށްގެންދާނީ އަންނަ ޖުލައި މަހުގެ ނިޔަލަށެވެ.
ހަތް ހަފުތާއަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭންކުން ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އަލަށް އެޕްލައި ކުރަން ޖެހެއެވެ. އަދި އެ ކާޑުން މަދުވެގެން 100 ޑޮލަރުގެ މުއާމަލާތްތައް ކުރަން ޖެހެއެވެ.
އެގޮތުން ޑޮލަރު ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކޮށްގެންނާއި ސަބްސްކްރިޕްޝަންތަކަށް ފައިސާ ދައްކައިގެންނާއި ޓިކެޓް ނަގައިގެންނާއި ޑިޖިޓަލް ހިދުމަތްތަކަށް ފައިސާ ދައްކައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ފާތިމަތު ލިއުޝާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް